20 ޖުލައި 2024
އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ފައިބަން ޖެހޭނެ ކަަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފައަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައިސީޖޭން މިއަދު ނެެރުނު ލަފާގައިވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމުގެ ހުރިހާ ހަރަކާތެއް އިޒްރޭލުން މިހާރުން މިހާރަށް ހުއްޓާލައި, ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން އެ ތަންތަން ދޫކޮށް ދާންޖެހޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އައިސީޖޭގެ އެ ލަފައަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ނިންމުމަކީ ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެއްދުމަށް އެ ގައުުމުގެ ރައްޔިތުން ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.
އެހެންކަމުން ފަލަސްތީނުގެ ބިންތަކުން އިޒްރޭލުން ވަގުތުން ފޭބުމަށާއި އަދި އެތަންތަަނަށް ދީފައި ހުރި ގެއްލުންތަކުގެ ބަދަލު ދޭން ވެސް ރައީސް ގޮވާލެއްވި އެވެ.
ރައީސްގެ ޕޯސްޓްގައިވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ, ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރަން ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވެސް ތަކުރާރު ކުރައްވައިފަ އެވެ.
ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރަން ގޮވާލާ ގައުމެކެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއިން އިޒްރޭލާ ދެމެދު އެއްވެސް ހާރިޖީ ގުޅުމެއް ނުބާއްވަ އެވެ.
މީގެ އިތުރުން އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ސަރުކާރުން އޮތީ ބިލެއް ވެސް ހުށަހަޅައިފަ އެވެ.
ރައީސް ގޮވާލެއްވީ އައިސީޖޭ އިން އިޒްރޭލް ހުއްޓުވަން
ޝަޒްރާ އާއި ޝާދިޔާގެ ބަންދަށް އިތުރު 5 ދުވަސް!
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ
ފަލަސްތީނު ފަންޑުއެހީ 50،000 ޑޮލަރަށް އިތުރުކޮށްފި
ފަލަސްތީނަށްވާ އެހީ އިތުުރުކުރަން ރައީސް އެދިވަޑައިގެންފި
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
"ފަލަސްތީނަށް ތާއީދު އިތުވެފައިވާކަން ރަމްޒުކޮށްދީފި"
ރަފަހްގެ ކޭމްޕަށް ދިން ހަމަލާ ކުށްވެރި ކުރައްވައިފި