Roadha Mihaaru
މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ޕީއެންސީއަށް

މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކޮށްފި

20 ޖުލައި 2024

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި އިލެކްޝަން ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ތިން ކެންޑިޑޭޓުން މިއަދު ކާމިޔާބުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި އިލެކްޝަން ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ތިން ކެންޑިޑޭޓުން މިއަދު ކާމިޔާބުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ހުޅުމާލޭ ދާއިރާގެ ގޮނޑި އާއި މައްޗަންގޯޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއަށް ޕީއެންސީގެ އިތުރުން އެމްޑީޕީން ކެންޑިޑޭޓުން ވާދަ ކުރި އެވެ.

އެ ބައި އިިލެކްޝަންގެ ނަތީޖާ ނިމުމަކާ ހަމައަށް އައިސްފައިވާއިރު، ތިން ގޮނޑި ޕީއެންސީން ވަނީ ކަށަވަރުކޮށްފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ފާތިމަތު ޝައުފާ ސަލީމް ކާމިޔާބު ކުރެއްވި އިރު، މައްޗަންގޮޅި މެދު ދާއިރާ ފާތިމަތު އިޝާން އަލީ އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ އައިމަން އެވެ.

މާލޭގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން މިއަދު ވަނީ ބާއްވައިފަ އެވެ.

އެކަމަކު މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލާ މީހުންގެ ތަރުހީބު ވަރަށް ކުޑަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ބުނެފަ އެވެ.

ބައި-އިލެކްޝަންގައި ހަވީރު 4:00 ގައި ވޯޓުލުން ބަންދުކުރިއިރު، ވޯޓުލާން ނުކުމެފައިވަނީ 3،528 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 13،112 ގެ އެންމެ 27 ޕަސަންޓެވެ.