Roadha Mihaaru
މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުން ނަން ތަރުތީބުކޮށްފި

މާލޭ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި

16 ޑިސެމްބަރ 2023

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިއަދު ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިއަދު ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކޮށްފި އެވެ.

މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ނަންތައް ތަރުތީބު ކުރަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ނެގުމުން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެންޑިޑޭޓް ނަމްބަރު އިއްތިފާގުން ލިބިވަޑައިގަތީ އެ ބޭފުޅަކު ފޯމް ހުށަހެޅުއްވި ތަރުތީބާ ގުޅޭ ގޮތަށެވެ.

މޭޔަރުކަމުގެ އިތުރުން މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ ކަމަށްވާ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރު ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރި ގޮތް

- ކެންޑިޑޭޓް ނަމްބަރު 1: ޝުއައިބު އަލީ (އަމިއްލަ ގޮތުން)

- ކެންޑިޑޭޓް ނަމްބަރު 2: ހުސައިން ވަހީދު (އަމިއްލަ ގޮތުން)

- ކެންޑިޑޭޓް ނަމްބަރު 3: އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)

- ކެންޑިޑޭޓް ނަމްބަރު 4: އާދަމް އާޒިމް (އެމްޑީޕީ)

- ކެންޑިޑޭޓް ނަމްބަރު 5: ސައިފް ފާތިހު (ޑިމޮކްރެޓްސް)

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ.

މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.