Roadha Mihaaru
އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު" ފަށައިފި

އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު" ފަށައިފި

21 ޖުލައި 2024

އިސްލާމިކް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެއް ތަނަކުން ފެންނަ "މީޑިއާ މައުރަޒު" މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިސްލާމިކް މިނިސްޓްރީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އެއް ތަނަކުން ފެންނަ "މީޑިއާ މައުރަޒު" މިއަދު ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދާ އެ މައުރަޒު އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެ މައުރަޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ހާސިލުވި ކަންކަން މީޑިއާއާ ހިއްސާކުރުމަށް ބާއްވާ މައުރަޒެކެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފަށް އެ މިނިސްޓްރީގެ އެކްޝަން ޕްލޭން އެކުލެވޭ ފޮތެއް ދެއްވަނީ-- ފޮޓޯ: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މަރުރަޒުގައި އެ މިނިސްޓްރީގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެ ކަމަށެވެ. އަދި އެތަންތަނުން އެ ދާއިރާއަކުން ކުރިއަށް ގެންދާ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ފާއިތުވި 8 މަހުގެ ތެރޭގައި ރިޔާސީ މެނިފެސްޓޯ ހާސިލުކުރި މިންވަރު މީޑިއާއަށް ހިއްސާކުރުމަށް ބާއްވާ މައުރަޒުގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މިނިސްޓްރީ

މަރުރަޒުގައި ހިމެނޭ ދާއިރާތައް:

- ދިވެހިރާއްޖޭގެ ޒަކާތު ހައުސް.

- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް.

- މޮސްކް މެނޭޖްމަންޓް ސެކްޝަން.

- ޕަބްލިކޭޝަން ޔުނިޓު އަދި ހަލާލް ސެޓްފިކޭޝަން ޔުނިޓް.

- ހައްޖާއި އުމްރާއާ ބެހޭ ޔުނިޓް.

- އިސްލާމިކް ދައުވާ.

- ކީރިތި ގުރުއާނާ ބެހޭ މަރުކަޒު.

- މިނިސްޓަރު ބިއުރޯ.

- އައުގާފް އެންޑް އިންފްރާސްޓްރަކްޗާ.

މިނިސްޓްރީގެ މައުރަޒުގައި މި ދާއިރާތަކުން މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ހާސިލުވި ކަންކަން މީޑިއާތަކާ ހިއްސާކުރާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު އިފްތިތާހުކޮށްދެއްވުމުން، އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު، ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފަށް ހިއްސާކުރައްވަނީ-- ފޮޓޯ: މިނިސްޓްރީ

މި މައުރަޒު ކުރިއަށް ގެންދާނީ މިރޭގެ އިތުރުން މާދަމާ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށެވެ.