ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން ވިއްކަމުންދާ މާމުއި ވިއްކުން މަނާ ކުރުމުން ވެސް، އެ ތަކެތި ވިއްކުން ނުހުއްޓުވޭތީ އެ ބާވަތް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.
22 ޖުލައި 2024
ޖިންސީ ގޮތުން ފިރިހެނުން ވަރުގަދަ ކޮށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރު ކޮށްގެން ވިއްކަމުންދާ މާމުއި ވިއްކުން މަނާ ކުރުމުން ވެސް، އެ ތަކެތި ވިއްކުން ނުހުއްޓުވޭތީ އެ ބާވަތް ރާއްޖެ އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު އެލާޓްގައި ބުނީ ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތަކުގައި ވިއްކާ މާމުއިގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނޭ ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ ފަރުވާއަކަށް ވިޔަސް، ބޭހެއް ބޭނުން ކުރެވޭނީ ވަކި މިންވަރަކަށް ކަމަށެވެ. ނަމަވެސް، އިސްތިހާރު ކޮށްގެން ވިއްކާ މާމުއިގައި "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނެނީ ކިހާ ވަރަކަށް ކަމެއް ބޭރުގެ ސިއްހީ މާހިރުންނަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެފްޑީއޭއިން ސެޕްޓެމްބަރު، 2022 ގައި ކުރި އިއުލާނުގައި ވަނީ އެ ބޭސްތައް ހިމެނޭ މާމުއި ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ. އެކަމަކު އޭގެ ވިޔަފާރި ފުޅާކުރަމުން ދާތީ އެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް، އެކަން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށް ޖަލީލާ ވިދާޅުވި އެވެ.
ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މި ފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އިޝްތިހާރަކަށް ވާނީ "އެންމެ މޮޅު" ފަދަ އިބާރާތާ އެކު
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ފުޑް ސޭފްޓީގެ ފުރަތަމަ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
ރަޖިސްޓްރީނުކޮށް ކާބޯތަކެތި ވިއްކާނަމަ ބޮޑު ޖޫރިމަނާއެއް
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
ނުތާހިރުކަމުން މާލޭގެ ތިން ތަނެއް ބަންދުކޮށްފި
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް
ވިޔަފާރިއަށް ކާބޯތަކެތި ހެދޭނީ ލައިސަންސް އޮވެގެން
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި