05 ނޮވެމްބަރ 2024
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަަކަށް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގަ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.
އެ މަޝްރޫއުއާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ވަނީ އެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަދަން ޖެހޭ ސާވޭގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބޭފުޅުންނާއި ޗައިނާ އިން އެ މަސައްކަތަށް އައި ޓީމު ބައްދަލުކުރަނީ.--
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި މަގުތައް ހެދުމުގެ މަސައްކަތަށް ސައިޓް ސާވޭ އާއި މައުލޫމާތު އެއްކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށެވެ. މަގުތަކާ ގުޅޭ ޑިޒައިން ހަދާނީ މި ސާވޭގެ މައްޗަށް ބިނާކޮށެވެ.
The Expert Team appointed by the Government of China to carry out the feasibility study of the Redevelopment of Male’ and Villimale’ Road Project arrived on 3rd November 2024.
— Ministry of Construction and Infrastructure (@MoCImv) November 4, 2024
Today, the Ministry held an introductory session with the team, which was presided over by Minister of… pic.twitter.com/EqZSWFHUmD
މާލޭގައި ގާ އަޅައިގެން ހަދާފައިވާ ގިނަ މަގުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މަގުތަކުގައި އަޑިގުޑަންތައް ގިނަވުމާއި ވާރޭވެހިއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ދަތުރުކުރަން އުނދަގޫވާ ހިސާބަށް ވަނީ ގޮސްފަ އެވެ.
އެކަމުގެ ޝަކުވާ ބޮޑުވެ، ސަރުކާރުން ވަނީ ބައެެއް މަގުތައް ވަގުތީ ގޮތުން ހަދަން ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފެންބޮޑުވާ، އައިޖީއެމްއެޗް ކައިރީ މަގު ހިމެނެ އެވެ.
މާލޭގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށާއި މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ، ފެެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މި މަޝްރޫއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރާނެ އެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިންދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުމެވެ. އެހެންވެ، ޗައިނާގެ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދައި، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
މަގު ހެދުމުގެ މަޝްރޫއުގެ އެލްއޯއީގައި ސޮއިކޮށްފި
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ފެން ބޮޑުވުން ޗައިނާގެ މަޝްރޫއުން ހައްލުވާނެ: ރައީސް
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
ތިން މިނިސްޓަރަކު ޗައިނާއަށް ވަޑައިގަންނަވަނީ
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ