ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސްއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަނޑައެޅުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
24 ޖުލައި 2024
ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސްއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކަނޑައެޅުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސިޓީޒް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހެޕިނެސް އިންޑެކްސް ނުވަތަ ދިވެހިންގެ އުފާޥެރިކަން ބަލާ މިންގަނޑެއް ކަނޑައެޅުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރަނީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ކަމަށާއި އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ވޯކްޝޮޕްގެ ތެރެއިން އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަފާތު ހިޔާލުތަކާއި ނަޒަރިއްޔާތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހެޕިނަސް އިންޑެކްސް އަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސް އެކެވެ. ދުނިޔޭގައި ކޮންމެ އަހަރަކު އެކި ގައުމުތަކުން ހެޕިނަސް އިންޑެކްސް އާންމު ކުރެ އެވެ.
ދުނިޔޭގެ ހެޕިނަސް އިންޑެކްސްގައި އެންމެ ކުރީގައި އުޅެނީ ފިންލޭންޑެވެ. މި ސަރަހައްދުގެ އިންޑިއާ އަދި ސްރީ ލަންކާ ފަދަ ގައުމުތައް އުޅެނީ 100 އަށް ވުރެ ފަހަތުގަ އެވެ.
އުފާ މިންކުރަން ހެޕިނަސް އިންޑެކްސް އިފްތިތާހުކޮށްފި
ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަންކުރަނީ
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ބެހުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
"ވިއްސާރައިގެ ގެއްލުންތައް ގާތުން މިދަނީ ބަލަމުން"
ހިރިމަރަދޫން މީހުން ބަަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ
ފަޅުރަށްތައް ހޯދަން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކުރަނީ