ބަންގްލަދޭޝްގެ ދާހިލީ މައްސަލައަކާ ގުޅިގެން ރާއްޖޭގައި ބޭއްވި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ބަންދުކޮށް، ޑީޕޯޓުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
25 ޖުލައި 2024
ބަންގްލަދޭޝްގެ ދާހިލީ މައްސަލައަކާ ގުޅިގެން ރާއްޖޭގައި ބޭއްވި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ބަންދުކޮށް، ޑީޕޯޓުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ، 170 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އެ މުޒާހަރާތަކަށް ތާއީދުކޮށް، ގދ. ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާކޮށްފަ އެވެ.
އިހުސާން ވިދާޅުވީ ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ނިންމިއިރު، ހަމަ އެ މައްސަލައިގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި މުޒާހަރާކުރި ބަންގްލަދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.
މުޒާހަރާކުރި ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު ދެން ތިބި މީހުންގެ މައްޗަށް އެއް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
މެލޭޝިޔާގެ ބެސްޓިނެޓާއެކު އެއްބަސްވުން ހެދީ ބަދަލުނުދޭން
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
މެޑިކަލް ނެތި ދެން ވިސާ އިތުރެއް ނުކުރެވޭނެ: އިހުސާން
ބިދޭސީންގެ ކަންކަން ބޮއްސުންލިޔަ ނުދޭން ފިޔަވަޅުތަކެއް!
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި