މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ އެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް ހެދީ، އެ ކުންފުންޏާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ އެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް ހެދީ، އެ ކުންފުންޏާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޕްރޮސެސް ފުރިހަމަ ކުރަން ބެސްޓިނެޓް އާއެކު އެއްބަސްވުމެއްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް، 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެފަހުން މިދިޔަ ސަރުކާރުގައި ވަކީލުން މެދުވެރިކޮށް އެއްބަސްވުމަށް ހަދާނެ ގޮތަކާ މެދު ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށާއި، ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އަދި އިހުސާން ވިދާޅުވި ގޮތުގައި، އެއްބަސްވުން ބާތިލުކުރުމުން ވިޔަފާރީގެ ގެއްލުން ނުހިމަނަ އެވެ. އެކަމަށް އެ ކުންފުނިން ކިޔާނެ ބަދަލެއް އަންދާޒާކުރައްވަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހުން ރާއްޖެއަށް ދީފައި އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ އެ މީހުންނަށް ލިބުނު ބިޒްނަސް ލޮސް އެވަގުތަށް ދައްކާފައި އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން. އެއީ ކިހާ އަދަދެއް ކަމެއް ވެސް ނޭނގޭ. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން،" އިހުސާން ވިދާޅުވި އެވެ.
އެ އޮޕްޝަންތައް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެ ސިސްޓަމް ގާއިމުކުރުމަށް ބެސްޓިނެޓް އާ އެކު އެއްބަސްވުމެއް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި، އާ ސިސްޓަމާއެކު ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ އަތުން ލިބޭ ފައިސާ އެތައް ގުނައެއް އިތުރުވާނެ އެވެ. "ކުރިން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެމުން އައި [އަހަރަކު] 685 މިލިއަން ރުފިޔާގެ ބަދަލުގައި އަޅުގަނޑުމެންގެ އަންދާޒާ އަކީ ދައުލަތަށް އޭރަށް ލިބޭނެއޭ 927 މިލިއަން ރުފިޔާ،" އިހުސާން ވިދާޅުވި އެވެ.
މި ސިސްޓަމް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
ތިނަދޫ މުޒާހަރާ ރޭވި ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަނީ
ބިދޭސީން ތިބޭ ތަންތަން ހަދަން މެލޭޝިއާ ކުންފުންޏެއް!
މެޑިކަލް ނެތި ދެން ވިސާ އިތުރެއް ނުކުރެވޭނެ: އިހުސާން
ބިދޭސީންގެ ކަންކަން ބޮއްސުންލިޔަ ނުދޭން ފިޔަވަޅުތަކެއް!
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ