އިންޑިއާގެ ޓުޓިކޮރިން އިން އައްޑު އަށް ދާއިމީ ގޮތެއްގައި މުދާ އުފުލުމަށް އެމްޕީއެލް މެދުވެރިވެގެން ފެށި ދަތުރުތައް ވަރަށް ކާމިޔާބު ކަމަށާއި މިއަދު 800 ޓަނުގެ މުދާ އެ އަތޮޅަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން އައްޑު އަށް ދާއިމީ ގޮތެއްގައި މުދާ އުފުލުމަށް އެމްޕީއެލް މެދުވެރިވެގެން ފެށި ދަތުރުތައް ވަރަށް ކާމިޔާބު ކަމަށާއި މިއަދު 800 ޓަނުގެ މުދާ އެ އަތޮޅަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިންޑިއާގެ ޓުޓިކޮރިން އިން އައްޑު އަށް ޕެރިޝަބްލް ކާގޯ އާއި އާންމު މުދާ ގެންދިއުމުގެ ދަތުރުތައް ފެށީ މި މަހުގެ 10 ގަ އެވެ. އެ ފަހަރު ގެންދިޔަީ 150 ޓަނުގެ މުދަލެވެ. އެކަމަކު، އޭގެ ފަހުން މިއަދު ހިތަދޫ ޕޯޓަށް ވަނީ 800 ޓަނުގެ މުދަލާ އެކު، ކާގޯ ބޯޓެއް ކައިރި ކޮށްފަ އެވެ.
އެ ބޯޓުން އައްޑު އަށް ގެންދިޔައީ ފިޔާ، އަލުވި، ކަރާ އަދި ބިސްތަކެވެ. އަދި ޖެނެރަލް ކާގޯ ވެސް ހިމެނެ އެވެ.
އިންޑިއާ އިން ސީދާ އައްޑު އަށް ކާގޯ ބޯޓުފަހަރުތަކުގައި މުދާ ގެންދަން ފެށީ އެމްޕީއެލް އައި ހިތަދޫ ޕޯޓުން ކުރި މަސައްކަތާ އެކު އިންޑިއާގެ ފައިނެންސް ގުރޫޕް މެދުވެރިކޮށެވެ.
ތިން ވަނަ ބޯޓުން އައްޑު އަށް މުދާ ބޭލުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވަން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވެސް މިއަދު އައްޑު އަށް ވަޑައިގަތެވެ.
އައްޑު އަށް މުދާ ބޭލުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ސީއީއޯ ވަޖީހު މިއަދު ބައްލަވާލައްވަނީ.---ފޮޓޯ: އެމްޕީއެލް
ވަޖީހު ކުރިން ވިދާޅުވެފައި ވަނީ އަމާޒަކީ ކޮންމެ 10 ނުވަތަ 15 ދުވަހަކުން އިންޑިއާ އިން މުދާ ހިފައިގެން އައްޑު އަށް ސީދާ ދަތުރުތައް ބޭއްވުން ކަމަށެވެ.
ވަޖީހު ވިދާޅުވެފައިވާ ގޮތުގައި އިންޑިއާގެ ފައިނެންސް ކުންފުނިން އޭނާގެ ކިބައިން އެދުނީ ސެކިއުރިޓީ ކަށަވަރު ކޮށްދިނުމާއި ޑިމާންޑު އިތުރު ކޮށްދިނުމަށެވެ. އޭގެ ތެރެއިން ސެކިއުރިޓީގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ވަޖީހުގެ ވިސްނުމަކީ އިންޑިއާ އިން ސީދާ އައްޑު އަށް ގެންދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ފެރީގެ ނިޒާމުގެ ތެރެއިން ފުވައްމުލަކަށް ވެސް ގެންދާށެވެ.
އިންޑިއާއިން ސީދާ އައްޑުއަށް ކާގޯ ބޯޓުތައް ބާއްވަނީ!
ކާގޯ ފެރީން ދެކުނަށް ކޮންމެ 20 ދުވަހަކުން ދަތުރެއް
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި
ހަންކެޑެ ބްރިޖު އަންނަ މަހު އާންމުންނަށް ހުޅުވާލަނީ
ލ. ގައި ބަންކަރިން ހިދުމަތް ދޭން އެމްޕީއެލް ބޭނުންވޭ
ގަން އެއާޕޯޓް ބޮޑުކުރުން އިންޑިއާގެ ރެނާޓަސް އަށް
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީ އަށް