29 ޖުލައި 2024
ފާއިތުވި އަށް މަސް ދުވަސް ތެރޭގައި ކޮންޓްރެކްޓަރުންނަށް 300 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފާއިތުވި އަށް މަސް ދުވަސް ތެރޭގައި ކޮންޓްރެކްޓަރުންނަށް 300 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ ފައިސާ ދައްކާ ހަލާސް ކޮށްފައިވަނީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކާއި ގަންނަމުންދާ ހުރިހާ މުދަލަކަށް ކަމަށެވެ. އަދި މިހާރު ވާނީ 278 ވެންޑަރުންނަށް އެއްކޮށް ފައިސާ ދައްކާ ހަލާސްކޮށްފައި ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ މިހާރުގެ މެނޭޖުމަންޓުން ކުންފުންޏާ ހަވާލުވި އިރު، 1.7 ބިލިއަން ރުފިޔާ އާއްމުންނާއި ކުންފުނިތަކަށް ދައްކަން އޮތް ކަމަށެވެ. އެއާ އެކު، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ދަރަނި ރީސްޓްރަކްޗާ ކުރުމާއި، ސީއެސްއާރަށް ކުރަމުން ގެންދިޔަ ބޭކާރު ހަރަދުތައް ހުއްޓާލުން ފަދަ ގިނަ ފިޔަވަޅުތައް އަޅަފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ގޮތުން އާދަޔާހިލާފަށް ގިނައިން މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ ބުނެފަ އެވެ. އޭގެތެރޭގައި 60 މަޝްރޫއުއެއް ނުނިންމައި ބަޖެޓު ހުސްކޮށްލި މައްސަލައެއް ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު، މުއާޒް މުހައްމަދު ރަޝީދު ވަނީ ފެނަކައަށް ގެއްލުންވާ ގޮތަށް އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އަދި ރަށްރަށުގައި ކުރިމަތިވަމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަތައް ގިނަ ވެފައި ވަނީ މީގެ ކުރިން އެ ވަސީލަތްތައް ފޯރުކޮށްްދެމުންދާ ތަކެތި އޯވާހޯލް ނުކުރެވި ގިނަ ދުވަސްވެ ހުރުމާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެއާ އެކު، މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މުއާޒް ވަނީ ވިދާޅުވެފަ އެވެ.
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
އުސޫލު ބަދަލުކުރީ ބޯޑުގެ ބައިވެރިވުން އިތުރުކުރަން
ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލައިފި
ހަރަދުކުޑަކޮށް، ދެ ކުއާޓަރުގައި ވެސް ފެނަކައަށް ފައިދާ
144 ރަށެއްގެ މަގުބައްތި ހުރީ މިންގަނޑާ ހިލާފަށް
ފެނަކައިގެ ކުރީގެ ލިޔުންތައް ވަނީ ގެއްލުވާލާފައި:މުއާޒު
ފެނަކަ ދަރުވާލި އަދަދު އަންދާޒާއަށް ވުރެ މަތި: މުއާޒް