Roadha Mihaaru
ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި

ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި

29 އޯގަސްޓް 2024

ފެނަކަ އިން މިހާތަނަށް އެސްޓީއޯ އާއި އެހެން ކުންފުނިތަކަށް 800 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނަކަ އިން މިހާތަނަށް އެސްޓީއޯ އާއި އެހެން ކުންފުނިތަކަށް 800 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނިއުސް ބްރީފިންގައި މުއާޒް ވިދާޅުވީ، އޭގެ ތެރެއިން ތެޔޮ ބިލްތަކަށް 500 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހެ 300 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ

"އަޅުގަނޑުމެންގެ ދަރަނި ކުޑައެއް ނުވޭ. ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި. 4.3 ބިލިއަން ރުފިޔާ އިން 4.1 ބިލިއަން ރުފިޔާ މިހާރު ހުރީ. އެއީ އަޅުގަނޑުމެން އެސްޓީއޯ ތެޔޮ ބިލްގެ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ މަދުން މިހާރު މި ދެއްކެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖުމްލަ ކޮށް ދަރަނި ކުޑަނުކުރެވެނީ އެސްޓީއޯ އިން ދައްކަން ޖެހޭ ފައިސާ އިތުރުވާތީ ކަމަށެވެ.

އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ސަބްސިޑަރީއެއްގެ ގޮތުގައި ފެނަކަ ހިންގުމާ ހަވާލުވެފަ އެވެ. އަދި ރަސްމީކޮށް ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކޮށްގެން ހިންގާނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އެސްޓީއޯ އަށް މިވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކައިންނެވެ. ފެނަކައިން ތެޔޮ ގަނެގެން އެސްޓީއޯ އަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވެފައިވެ އެވެ.