Roadha Mihaaru
ކޫބާއާ ދެކޮޅަށް ނަބާހާ ދެއްކީ ރަނގަޅު ކުޅުމެއް

ބަލިވިޔަސް ކޫބާއާ ދެކޮޅަށް ނަބާހާ ދެއްކީ ރަނގަޅު ކުޅުމެއް

30 ޖުލައި 2024

އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގެ ގުރޫޕް އެމްގައި ރާއްޖޭގޭ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ކުުޅުނު ފަހު މެޗުން އެސްޓޯނިއާގެ ކްރިސްޓީން ކޫބާ އަތުން ބަލިވިޔަސް، ރަނގަޅު ކުޅުމެއް ދައްކައިފި އެވެ.

އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގެ ގުރޫޕް އެމްގައި ރާއްޖޭގޭ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ކުުޅުނު ފަހު މެޗުން އެސްޓޯނިއާގެ ކްރިސްޓީން ކޫބާ އަތުން ބަލިވިޔަސް، ރަނގަޅު ކުޅުމެއް ދައްކައިފި އެވެ.

ޔޫރަޕިއަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި 2015 ގައި ބްރޯންޒް މެޑަލް ހޯދި ކޫބޯއާ ދެކޮޅަށް ކުޅުނު މެޗުން ނަބާހާ ބަލިވީ ސީދާ ދެ ސެޓުންނެވެ. ދުނިޔޭގެ ރޭންކިންގެ 73 ވަނައިގައި އޮތް ކޫބާ މެޗު ކާމިޔާބު ކުރީ 21-7، 21-9 ގެ ސްކޯއަކުންނެވެ.

ފުރަތަމަ މެޗުގައި އިންޑިއާގެ ޕީވީ ސިންދުއާ ދެކޮޅަށް ދެއްކި ވަރަށް ވުރެ ރަނގަޅު ކުޅުމެއް ނަބާހާ މިއަދު ވަނީ ކޫބޯއާ ދެކޮޅަށް ދައްކައިފަ އެވެ.

ކޫބާ

ކޫބާ

ސިންދުއާ ދެކޮޅަށް ކުޅުނު މެޗުގައި ނަބާހާ އަތުން ޕޮއިންޓްތައް ދޫބީ މާ ފަސޭހަ ކޮށެވެ. އެކަމަކު މިއަދުގެ މެޗުގައި އޭނާ މާ ބޮޑަށް ހިތްވަރު ކުރި އެވެ.

ފުރަތަމަ މެޗުގައި އޭނާ އަތުން ދެ ވަނަ ސެޓް ދޫވެގެން ދިޔައީ މާ ފަސޭހަ ކޮށެވެ. އެކަމަކު މިއަދު ދެ ވަނަ ސެޓްގައި އޭނާ ކުޅުން ރަނގަޅު ކުރި އެވެ.

ތިން ކުޅުންތެރިން ހިމެނޭ ގުރޫޕްގެ ފަހު މެޗުގައި މާދަމާ ސިންދު އާއި ކޫބޯ ކުޅޭނެ އެވެ. މި މެޗުން ނަބާހާ ބަލިވުމުން އޭނާ އަށް ވަނީ މި ފަހަރުގެ އޮލިމްޕިކްސް ގޭމްސް ނިމިފަ އެވެ.

ނަބާހާ އަކީ ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން އެތުލީޓެވެ. މިފަހަރުގެ އޮލިމްޕިކްސްއިން އޭނާ އަށް ފުރުސަތު ދޭން ނިންމީ، ގޭމްސް ޓްރިޕާޓައިޓް ކޮމިޝަނަށް، ކޮލިފައިން މުބާރާތްތަކުގައި އޭނާ ނެރުނު ނަތީޖާތައް ރަނގަޅުވުމުންނެވެ.