ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި އަމިއްލަ ގޮތުން ވާދަކުރަމުންދާ ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމީނަތު ނަބީހާ އަބްދުރައްޒާގް ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފި އެވެ.
24 ނޮވެމްބަރ 2025
ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި އަމިއްލަ ގޮތުން ވާދަކުރަމުންދާ ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމީނަތު ނަބީހާ އަބްދުރައްޒާގް ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދައިފި އެވެ.
އިއްޔެ ނިމުނު މުބާރާތުގެ ފައިނަލުން ނަބާހާ އާއި ނަބީހެ ދެބެއިންނާ ދެކޮޅަށް ނުކުތީ މިދިޔަ ހަފުތާގައި ޒެމްބިއާ މުބާރާތުގެ ފައިނަލުގައި ވެސް އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ދެކުނު އެފްރިކާގެ ޕެއާ އެވެ.
އޭމީ އާކަމަން އާއި ޖޯހަނީޓާ ޝޯޓްޒްގެ ޕެއާ ދެކޮޅަށް ޒެމްބިއާ މުބާރާތުގައި ފައިނަލުގައި ބަލިވީ ސީދާ ދެ ސެޓުންނެވެ. އެކަމަކު މިފަހަރު އެ ދެ ކުޅުންތެރިންނާ ދެކޮޅަށް ފުރަތަމަ ސެޓް ގެންދިޔާއީ ނަބާހާ އާއި ނަބީހާގެ ޕެއާ އެވެ.
ނަމަވެސް އަނެއް ދެ ސެޓް ގެއްލުމުން ރާއްޖޭގެ ޕެއާ އަށް މިފަހަރު ވެސް ލިބުނީ ރިހި މެޑަލް އެވެ. މެޗުގެ ސެޓްތައް ދިޔައީ 21-19، 13-21 އަދި 15-21 ންނެވެ.
ޒެމްބިއާ މުބާރާތުގެ މިކްސްޑް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި ހުސައިން ޒަޔާން ޒަކީ އާއި ނާބާހާގެ ޕެއާ މިފަހަރު ފުއްދާލީ ލޯ މެޑައްޔަކުންނެވެ.
ސެމީ ފައިނަލުގައި އެ ޕެއާ ބަލިވީ އެމީ އާއި ދެކުނު އެފްރިކާގެ އެހެން ކުޅުންތެރިޔެއް ކަމަށްވަ ރޮބަޓް ސަމާސްގެ ޕެއާ އަތުންނެވެ.
ރިވައިވަލް ސްޕޯޓްސްގެ ފަރާތުން އެ މުބާރާތަށް ދިޔަ ކުޅުންތެރިންނަށް ދެން އޮތީ ދެކުނު އެފްރިކާ މުބާރާތެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.
ޒަޔާން އާއި ނަބާހާ އަދި ނަބީހާ ހިއްސާވެ ހަތް މެޑަލް
ޒެމްބިއާގައި ޒަޔާން އާއި ނަބާހާއަށް ޗެމްޕިއަންކަން
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް