އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވަޔަނާޑް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް މިއަދު ފޮނުއްވައިފި އެވެ.
31 ޖުލައި 2024
އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވަޔަނާޑް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރާ އެކު، އެމަނިކުފާނަށް ފުން ހިތާމައެއް ލިބިވަޑައިގަތްކަން މޯދީއަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނަ އާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެމަނިކުފާނުގެ ހިތްޕުޅަށް ގެންނަވަން ދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފަ އެވެ.
"އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތްކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ މަސައްކަތް ކާމިޔާބުކަމާ އެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ އެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަން އެދި ދުއާކުރައްވައި އަދި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވަން އެދިވަޑައިގަންނަވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގައި ސައިފަތް ހައްދާ އެ ސަރަހައްދުގައި ހިނގި މި ނުރައްކާތެރި ހާދިސާގައި މަރުވި މީހުން އަދަދު މިހާރު ވަނީ 150 އިން މައްޗަށް އަރައިފަ އެވެ.
އިންޑިއާގެ ދެކުނުގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި އެކި ތަންތަނުގައި ފެން ބޮޑުވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގި ޑިސްޓްރިކްޓަށް ދާން އޮންނަ ގިނަ މަގުތައް ވެސް ވަނީ ފެނުގެ ސަބަބުން ބަންދުވެފަ އެވެ. އެހެންވެ، އެހީގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ކެރެލާގެ މޫސުން ގޯސް، ދިވެހިން ސަމާލުވާން އެދިއްޖެ
ގަދަ ވިއްސާރަޔާ ހެދި މިއަދު ސަރުކާރު ބަންދު
ރާއްޖެ-އިންޑިއާ ގުޅުން ފުޅާކުރަން އެއް ވިސްނުމެއްގައި
ވިޔަފާރި އާއި ޓޫރިޒަމް ޕްރޮމޯޝަނަށް ރައީސް މުމްބާއީއަށް
އިންޑިއާ-ރާއްޖެ އެފްޓީއެއްގެ މަޝްވަރާ ފަށަން ނިންމައިފި
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އިންޑިއާގެ އިތުރު ޓޫރިސްޓުންނަށް މަރުހަބާ ކިޔަން"
ރާއްޖެ ވަޑައިގަތުމަށް މޯދީއަށް ދައުވަތު ދެއްވައިފި
ރާއްޖެ އޮންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތަށް
އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް