Roadha Mihaaru
ކާވާ ބީޗް ވޮލީ؛ ރާއްޖޭގެ ދެ ޓީމަށްވެސް ކާާމިޔާާބު

ކާވާ ބީޗް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުތަކުން ރާއްޖޭގެ ދެ ޓީމަށް ވެސް ކާމިޔާބު

01 އޯގަސްޓް 2024

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުތަކުން ރާއްޖޭގެ ދެ ޓީމު ވެސް މޮޅު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލިބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުތަކުން ރާއްޖޭގެ ދެ ޓީމު ވެސް މޮޅު ވެއްޖެ އެވެ.

ބޫޓާންގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭ މިއަދު ކުޅުނީ އުޒްބެކިސްތާން އަދި ތަޖިކިސްތާނާ ދެކޮޅަށެވެ.

ކާވާ ބީޗް ވޮލީ މުބާރާތުން 2022 ގައި ރަން މެޑަލް ހޯދި އާދަމް ނަސީމާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ކުޅުނު އުޒްބެކިސްތާނުގެ ދެވަނަ ޕެއާއާ ދެކޮޅަށެވެ.

ރާއްޖޭގެ ޓީމު ދޭއްގައި އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) ނުކުތީ ތަޖިކިސްތާނުގެ ޓީމު އެކަކަ ދެކޮޅަށެވެ.

އެޑަމް އާއި ކުޑަކާއްޓޭ އުޒްބެކިސްތާނުގެ ޕެއާއާ ދެކޮޅަށް މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާ އެކު ސީދާ ދެ ސެޓުންނެވެ. ސެޓްތައް ކާމިޔާބު ކުރީ 21-14، 21-6 ންނެވެ.

ކޯކޭ އާއި ޒެންޑޯގެ މެޗު ފެނުނީ ޗަރަށް ވާދަވެރިކޮށެވެ. ދެ ސެޓުން މެޗު ކާމިޔާބު ކރި ނަމަވެސް ތަޖިކިސްތާނުގެ ޕެއާއި ދެ ސެޓްގައި ވެސް ވަރަށް ވާން ކުރި އެވެ. ފުރަތަމަ ސެޓް ކާމިޔާބު ކުރީ 23-21 ންނެވެ. ދެވަނަ ސެޓް 22-20 ންނެވެ.

ރާއްޖޭގެ ވޮލިބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ޗެއާމަންކަން ކުރައްވަމުން ގެންދަވާ ކާވާ އަކީ އޭޝިއާގެ ދެކުނާއި ސެންޓްރަލް ގައުމުތައް ނިސްބަތްވާ، އޭޝިއާގެ ވޮލީގެ ސަބް ފެޑެރޭޝަނެކެވެ.

ކާވާގައި ދެ ކެޓަގަރީއެއް އޮވެއެވެ. އެއީ ކާވާގެ އޭ ގުރޫޕްގެ ގައުމުތަކާއި ބީ ގުރޫޕްގެ ގައުމުތަކެވެ. އޭ ގުރޫޕްގައި ހިމެނެނީ ވޮލީގައި އެންމެ މަތީ ރޭންކިން ޓީމުތަކެވެ. އެ ގައުމުތަކުން ކާވާގެ ބީޗް މުބާރާތުގައި ވާދަނުކުރެ އެވެ.

ގުރޫޕް އޭ ގައި ހިމެނޭ އެންމެ ވަރުގަދަ ގައުމުތަކަކީ އިރާން، ޕާކިސްތާން އަދި އިންޑިއާ އެވެ.

އެކަމަކު ކާވާގެ އިންޑޯ މުބާރާތްތަކުގައި އެ ޓީމުތަކުން ވާދަކުރެ އެވެ. ކާވާގެ އެ ކެޓަގަރީގެ ގައުމުތަކަށް އަދި ބީ ކެޓަގަރީގެ ގައުމުތަކަށް ވެސް އިންޑޯ ވޮލީގައި ވަކި ދެ މުބާރާތް އޮވެއެވެ. ބީ ކެޓަގަރީ ޓީމުތަކަށް އޭ ކެޓަގަރީގެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އޮތަސް އޭ ކެޓަގަރީގެ ޓީމުތަކަށް ބީ ކެޓަގަރީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތެއް ނޯވެ އެވެ.