Roadha Mihaaru
އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް އާޒިމް

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސަކަށް އާޒިމް އިންތިހާބު ކޮށްފި

02 އޯގަސްޓް 2024

އެމްޑީޕީ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސްގެ އިންތިހާބު މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސްގެ އިންތިހާބު މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި އެވެ.

މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑު ރައީސްގެ މަގާމަށް އާޒިމް އާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން އާޒިމް އަށް 600 އަށް ވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. ފަހާލަށް އަދި ލިބިވަޑައިގަތީ 200 އެއްހާ ވޯޓެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެމްޓީސީސީ ހިންގެވުމާ ހަވާލުވެ ހުންނެވި އާޒިމް ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ސްޓޭންޑާ ދެކޮޅަށް އެމްޑީޕީ އަށް ތާއީދު ކުރައްވާފަ އެވެ.

އޭގެ ފަހުން އޭނާ އެ ޕާޓީ އާ ގުޅިވަޑައިގެން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމް ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު މާލެ ދާއިރާ ހިމެނޭހެން ޖުމްލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން ކުރިއަށް ދިޔަ އެވެ.