އެމްޑީޕީގެ ޗެއާާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލިހުން ނިންމާ ގޮތަކަށް ދޫކޮށްލަން ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލިހުން ނިންމާ ގޮތަކަށް ދޫކޮށްލަން ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
މޭ 14، 2022 ގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރި ފައްޔާާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައި އުފެދުނު ނުތަސްވަސްކަމާ ހެދި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަަކާ ހެދި އުފެދިފައިވާ އެ އަރައިރުން ފައްޔާޒުގެ އިސްތިއުފާ އަށް ފަހު ވެސް ދަނީ ކުރިއަށެވެ.
ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައި ނިންމީ އެ ބޭފުޅަކު ކަނޑައެޅުން ގައުމީ މަޖިލިހަށް ދޫކޮށްލާ ގޮތަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައި ދިނުމަށް ހުށަހަޅަން ވެސް ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމި ކަމަށް އެމްޑީޕީން ނިންމި އެވެ.
"ދެންނެވުނު ކަންކަމުގައި، ކުރިއަށް ދާނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގައުމީ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމުގައި ދަންނަވަމެވެ،" އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.
އެމްޑީޕީގެ ހިންގުން ކުރިއަށް ގެންދަން ޖެހޭނެ ގޮތަކާއި އަދި މިހާރުން މިހާރަށް ހަމަޖައްސަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީގެ ލީޑަޝިޕްގެ ބައްދަލުވުމެއް އިއްޔެ ބޭއްވި އެވެ.
ފައްޔާޒުގެ އިސްތިއުފާގެ ކުރިން އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށާއި މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ވާހަކަތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ވަގުތީ ޗެއާޕާސަން ހޮވަން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ
"ހިޔާލު ތަފާތުވުންތަކާއެކު ސަރުކާރު ޖަވާބުދާރީނުކުރެވޭ"
އެމްޑީޕީގެ ޗެއާޕާސަން/ރައީސްގެ މަގާމު އެއްކޮށްލަނީ!
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ވަރުގަދަކުރަނީ
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދޭން ފާސްކޮށްފި
ކޯލިޝަން ހަދަން މަޝްވަރާކުރުމުގެ ބާރު ރައީސަށް ދެނީ
ޕީޕީއެމްގެ އިންތިހާބު: ފައްޔާޒު އާކުރީ ކުރީގެ ތަޖުރިބާ