Roadha Mihaaru
ޒުލްފާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

އެލްޖީއޭގެ ސީއީއޯކަމުން ޒުލްފާ ވަކި ކުރައްވައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

04 އޯގަސްޓް 2024

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކި ކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖައްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ޒުލްފާ ބަދަލު ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކަމަށެވެ. އެކަމަކު ސަބަބެއް ވިދާޅެއް ނުވެ އެވެ.

ޒުލްފާ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރިއިރު، މިދިޔަ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލުކުރަން އެލްޖީއޭ އިން އެންގި މައްސަލާގައި އެލްޖީއޭއަށް ފާޑުކިޔުން އަމާޒުވި ބޮޑުވި އެވެ. އެކަމަކު ސަރުކާރުން ވެސް އޭރު ވަނީ އެލްޖީއޭގެ އެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަަށް އައްޔަންކުރެއްވުމާ ހަމައަށް ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރްމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ. އޭގެކުރިން ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.