ކިންގްސްޓޮން ހޯލްޑިންގްސް ކުންފުނިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން މައުލޫމާތު ހިއްސާކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.
07 އޯގަސްޓް 2024
ކިންގްސްޓޮން ހޯލްޑިންގްސް ކުންފުނިން ސައިކަލު ގަންނަން ފައިސާ ދެއްކި މީހުން މައުލޫމާތު ހިއްސާކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.
އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ ކިންގްސްޓޮން ހޯލްޑިންސް މޯލްޑިވްސް ކުންފުނިން ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް އެ ތަނަށް ހުށަހަޅާފައި ވާތީ އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެފައިވާ ނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުނިން ސައިކަލު ގަތުމަށް ބައެއް މީހުން ފައިސާ ދެއްކިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ސައިކަލު ހަވާލެއް ނުކުރެ އެވެ. ކިންގްސްޓޮންގެ އޮފީހަށް ގުޅުމުން ފޯނު ނުނަގާ ކަމަށް ވެސް، ސައިކަލު ގަންނަން ފައިސާ ދެއްކި ބައެއް މީހުން ބުނެފައި ވެ އެވެ.
ސްކޭމް ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީއާއެކު ހޯދައިފި
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމެއް، ސަމާލުވާން އެދިއްޖެ
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
ފޭކް ސްލިޕުން 30 އޯޑަރަށް 9،000ރ. ގެ ކެއުން
ޒައިދާން މިފަހަރު ފޭކް ސްލިޕުން ގަތީ ކާއެއްޗެހި
ދުވާލަކު 6 ސްކޭމް، މިދިޔަ ހަފުތާ 481،000 ނެގި
ސްކޭމްގެ ތުހުމަތުތަކާ އެކު "ޖަސްޓް މެރިޑް" ގެއްލިއްޖެ
ސްކޭމްތަކުގައި މިދިޔަ މަހު 1.6 މިލިއަންގެ ގެއްލުން
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ