ލޭބަ ރިލޭޝަންސް އޮތޯރިޓީގެ ހިންގުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް އިއްޔެ ބަދަލުކޮށްފި އެވެ.
07 އޯގަސްޓް 2024
ލޭބަ ރިލޭޝަންސް އޮތޯރިޓީގެ ހިންގުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް އިއްޔެ ބަދަލުކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ކަށަވަރު ކުރަން އުފައްދާފައިވާ އޮތޯރިޓީގެ ހިންގުން، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މި ސަރުކާރުގައި އެ އޮތޯރިޓީ މިހާތަނަށް ހިންގަމުން ދިޔައީ ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުންނެވެ.
މީގެ ކުރިން އެ އޮތޯރިޓީ ހިންގީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ.
ލޭބަ ރިލޭޝަންސް އޮތޯރިޓީއަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާ އެކެވެ.
ހޯމް މިނިސްޓްރީގެ ދަށުން މިހާރު ހިންގަނީ ލޭބަ ރިލޭޝަން އޮތޯރިޓީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަނާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ނޭޝަނަލް ސައިބާ ސެކިއުރިޓީ އެވެ.
ޑިޖިޓަލް ކުރުމުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވާނެ
ބޮޑުފިނޮޅުގެ މައްސަލައިގައި 5 އިދާރާއެއް ހާޒިރުކުރަނީ
މައްސަލަތައް ހައްލު ކުރާނީ ޖަމިއްޔާތަކާ ގުޅިގެން
އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
"2-3 ހަފުތާ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ"
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ރަމީލާ އައްޔަންކޮށްފި
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ
ޑްރަގްގެ ބޮޑު އޮޕަރޭޝަންގެ މައުލޫމާތު މިއަދު ދެނީ