Roadha Mihaaru
އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

28 ޖޫން 2016

ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ހިންގުން، ހޯމް މިނިސްޓްރީގެ ދަށަށް ރައީސް އަބްދުﷲ ޔާމީން ބަދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ހިންގުން، ހޯމް މިނިސްޓްރީގެ ދަށަށް ރައީސް އަބްދުﷲ ޔާމީން ބަދަލުކުރައްވައިފި އެވެ.

އީޓީސީސީ ކުރިން ހިންގީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މިދިޔަ ބުދަ ދުވަހުން ފެށިގެން އީޓީސީސީ ހިންގުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރީ ރައީސް އަށް ލިބިވަޑައިގެންފައިވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

އީޓީސީސީއަކީ ބެލެނިވެރިން ނުބަލައި ދޫކޮށްލާ 18 އަހަރުން ދަށުގެ ކުދިން ބައިތިއްބާ ތަނެކެވެ. އެތަން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރި އިރު އެތަން ހުރީ މަރާމާތަށް ބަންދުކޮށްފަ އެވެ. އަދި އެ ތަނުގައި ތިބި ކުދިން ވަނީ ވިލިމާލޭ ކުޑަކުދިން ހިޔާގެ ސޭފް ހޯމް އަށް ބަދަލުކޮށްފަ އެވެ.

މިދިޔަ ހަފުތާގައި ހޯމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އަހުމަދު ޒުހޫރަކީ އީޓީސީސީގައި އުޅުއްވި ބޭފުޅެެކެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވާފަ އެވެ.