Roadha Mihaaru
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ

ހުޅުމާލެ އަށް އިތުރު 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ

09 އޯގަސްޓް 2024

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ، މި އަހަރު އިތުރު ތިން ސްކޫލް އެ ތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ، މި އަހަރު އިތުރު ތިން ސްކޫލް އެ ތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ އަށް މަދުވެގެން އިތުރު ހަތް ސްކޫލު ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް މިނިސްޓަރު ކުރިން ވެސް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއްގައި މިނިސްޓަރު އިސްމާއިލް ވިދާޅުވީ މިހާރު އާރުސީސީން އިމާރާތް ކުރަމުން އަންނަ ސްކޫލާ އެކު، އިތުރު ތިން ސްކޫލްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ އެކު، މިހާރު ކުރަމުން އަންނަނީ އެ ސްކޫލްތައް އިމާރާތް ކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 1 ގައި އެއް ސްކޫލް އަދި ހުޅުމާލެ 2 ގައި އެއް ސްކޫލް އިމާރާތް ކުރަން ނިންމާފައިވާއިރު، ތިން ވަނަ ސްކޫލް އަޅާނެ ތަން އަދި ފައިނަލް ނުވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ފަހަރެއްގައި ފޭސް 3 އަށް ވެސް އެ ސްކޫލް ލާން ޖެހިދާނެ. އާބާދުވާމުންދާ ޕެޓާން އަށް ބަލާފައި، ޕެޓާން އެނަލިސިސްއެއް ހަދާފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ ތިން ވަނަ ސްކޫލަށް. ކޮން ތަނަކަށްތޯ ބާރު ބޮޑުވެގެން ދާނީ؟" މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް--

ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް--

ހުޅުމާލެ 2 ގައި މިހާރު ކިޔަވައި ދެމުން އަންނަނީ ހަމައެކަނި ސަލާހުއްދީން ސްކޫލްގަ އެވެ. ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުން އަންނައިރު، ދަރިވަރުންގެ އަދަދު އިތުރުވެ، ބާރު ބޮޑުވާތީ މިދިޔަ ދިރާސީ އާ އަހަރާ އެކު، އެ ސްކޫލްގެ ކިޔެވުން ވަނީ ދެ ދަންފަޅި އަށް ބަދަލު ކޮށްފަ އެވެ. ސަތާރަ ސަތޭކަ ކުދިންނަށް ކިޔަވައިދެވޭ ސަލާހުއްދީން ސްކޫލްގައި މި ވަގުތު ވެސް 2،053 ކުދިން ކިޔަވަ އެވެ.

ހުޅުމާލެ 2 ގައި ދިރިއުޅޭ ބައެއް ކުދިން ކުދިން ކިޔަވަން ދަނީ ހުޅުމާލެ 1 ގައި ހުންނަ ހުރަވީ ސްކޫލަށެވެ. ޖާގަ ނުލިބޭ ކުދިން މާލޭގެ ސްކޫލުތަކުގައި ވެސް ކިޔަވަމުން ދެ އެވެ.