Roadha Mihaaru
ހުޅުމާލޭގައި ސްކޫލެއްއަޅަން 118 މިލިއަނަށް އަމިންއަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އިމާރާތް ކުރަން 118 މިލިއަނަށް އަމިން ކޮންސްޓްރަކްޝަނަށް

07 ފެބުރުއަރީ 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު އިމާރާތް ކުރުމަށް އަމިން ކޮންސްޓްރަކްޝަނާ 118 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު އިމާރާތް ކުރުމަށް އަމިން ކޮންސްޓްރަކްޝަނާ 118 މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، 390 ދުވަހުގެ ތެރޭގައި "ސަލާހުއްދީން ސްކޫލު" ގެ މަސައްކަތް ނިންމައިލުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަމިން ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.

މިއީ، މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރަން ހަމަޖެއްސި ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލުގެ މަސައްކަތް، މި އަހަރަށް ފަސްކުރީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ސްކޫލު މަސައްކަތް ނިމޭނެ ކަމަށެވެ.

މި ސަރުކާރުގެ ޕްލޭނަކީ ސްކޫލުތަކުގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމެވެެ. އެ ސިޔާސަތަށް ބަލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް، މިހާރު ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރު ސްކޫލުތައް އިމާރާތް ކުރަން ޖެހެ އެވެ. ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައި ވެ އެވެ.