Roadha Mihaaru
ފަހުވަގުތު ލަނޑުދީފައި ސިޓީން ޝީލްޑް އުފުލާލައިފި

ފަހުވަގުތު ޔުނައިޓެޑަށް ލަނޑުދީ، ޕެނަލްޓީ ޖަހައިގެން ސިޓީން ޝީލްޑް އުފުލާލައިފި

10 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 10) - އެންމެ ފަހު ވަގުތު 1-1 އިން ނަތީޖާ އެއްވަރުކޮށް، ޕެނަލްޓީގައި 7-6 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި އެވެ.

ލަންޑަން (އޮގަސްޓް 10) - އެންމެ ފަހު ވަގުތު 1-1 އިން ނަތީޖާ އެއްވަރުކޮށް، ޕެނަލްޓީގައި 7-6 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި އެވެ.

މިއީ ސިޓީން ޝީލްޑް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ޝީލްޑް ނެގީ 2019 ވަނަ އަހަރު ޕެނަލްޓީގައި ލިވަޕޫލް ބަލި ކުރުމަށް ފަހު އެވެ. އެއަށް ފަހު، ފާއިތުވި ތިން އަހަރު ވެސް ޝީލްޑް މެޗުގައި ވާދަކޮށް، ސިޓީއަށް ކާމިޔާބެއް ނުހޯދުނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް 82 ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑު ނެގީ އަަލެހަންޑްރޯ ގާނާޗޯ ޖަހައިދިން ގޯލުންނެވެ. ނަމަވެސް 89 ވަނަ މިނިޓުގައި ސިޓީން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ، މިއަދު އުމުރުން 30 އަހަރު ފުރުނު ބެނާޑޯ ސިލްވާ އެވެ. އޭނާ އެ ލަނޑު ޖެހީ ޒުވާން ފޯވާޑް އޮސްކާ ބޮބްގެ ހުރަހަކުންނެވެ.

ޕެނަލްޓީގައި ސިޓީގެ ފުރަތަމަ ޕެނަލްޓީ ބެނާޑޯ ސިލްވާ ފޮނުވާލުމުން ކީޕަރު އަންޑްރޭ އޮނާނާ ދިފާއު ކުރި އެވެ. ނަމަވެސް ކެވިން ޑީބްރޭނާ، އާލިން ހާލަންޑް، ސަވީނިއޯ، ކީޕަރު އެޑަސަން މޯރެސް، މެތިއުސް ނޫނޭޒް، ރުބެން ޑިއާޒް އަދި މެނުއެލް އަކަންޖީ ވަނީ ޕެނަލްޓީތައް ކާމިޔާބު ކޮށްފަ އެވެ.

ޔުނައިޓެޑަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް، ޑިއޯގޯ ޑަލޮޓް، އަލްހެންޑްރޯ ގާނާޗޯ، ކާލޯސް ކަސެމީރޯ، ސްކޮޓް މެކްޓޮމިނޭ އަދި ލިސަންޑްރޯ މާޓިނޭޒް އެވެ. ނާކާމިޔާބުވީ، ޖޭޑަން ސަންޗޯ ފޮނުވާލި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ އާއި ޖޯނީ އީވަންސް ފޮނުވާލި ފަހު ޕެނަލްޓީ އެވެ.