ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭން ދޫކުރާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ހައްލުކުރަން މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
12 އޯގަސްޓް 2024
ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭން ދޫކުރާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޫކުރާ މައްސަލަ ހައްލުކުރަން މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓް ހޯދުމަށް ފަހު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭ މައްސަލާގައި ހައުސިން މިނިސްޓްރީން އަމަލުކުރާ ގޮތެއް ސާފުކޮށްދޭން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް އެދިވަޑައިގަތެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، ހާލުގައި އުޅޭ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުން އެ ތަންތަން ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަކީ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެފަދަ ތަންތަނުގެ މައުލޫމާތު އެއްކޮށް، ހައްލެއް ހޯދުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ އެކަމަށް ހައްލުތަކެއް ހުށަހަޅައިގެން ކުރިއަށް ގެންދާނަން،" ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވި އިރު، ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ފްލެޓްތައް ދޫކުރި އަގުގެ ތިން ގުނަ ބޮޑުކޮށް، ކުއްޔަށްދޭ އިރު ގިނަ ބަޔަކު ދަނީ ފްލެޓް ކުއްޔަށް ދޭ މީހުންގެ އަތުން މި ތަންތަން އަތުލުމަށް ވެސް ގޮވާލަމުންނެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުއްޔަށް ދީފައިވާ ފްލެޓްތައް ލިބިފައިވާ ގިނަ ބަޔަކު ކުލި ވެސް ނުދައްކަ އެވެ. ގަވާއިދުން ކުލި ނުދައްކާތީ މިފަހުން ހައުސިން މިނިސްޓްރީން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ފްލެޓްތަކުގެ މައްސަލާގައި އާ ސީޖީ، ހައިދަރުގެ އަރިހަށް
ހައިދަރުގެ ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
4،000 ފްލެޓް ތެރޭގައި ކަސްޓަމްސްގެ 100 ނުހިމެނޭ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދެނީ
"ކުރީގެ ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުލިބޭނެ"
ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި