27 ފެބުރުއަރީ 2017
ތިން ދުވަހުގެ ތެރޭގައި އެމްޑީޕީ އަށް 100 ފޯމު ފުރުނަސް، އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ ހަދިޔާ ކުރައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ތިން ދުވަހުގެ ތެރޭގައި އެމްޑީޕީ އަށް 100 ފޯމު ފުރުނަސް، އޭނާގެ އެއް އަހަރު ދުވަހުގެ މުސާރަ ހަދިޔާ ކުރައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ބުނެ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމަކީ ބަންދުކޮށްގެން ހިންގާ ޕާޓީއެއްގެ ބަދަލުގައި ހުޅުވާލާފައިވާ ޕާޓީއެއް ކަމަށެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް މެމްބަރުން އިތުރު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، ޕީޕީއެމަށް މެމްބަރުން އިތުރު ކުރެއްވުމަށް ކުރައްވާ މަސައްކަތަށް އޭނާ ތައުރީފްކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމަށް މެމްބަރުން ވަންނަނީ "ހިތާއި ރޫހުން ޕާޓީއަށް ވަންނަން ބޭނުންވާތީ" އެވެ. އަދި ގައުމުގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮއްޓެއްގެ ތެރޭގައި ޖަލްސާ ބާއްވަނީ އަޅުގަނޑުމެންތޯ، އެމްޑީޕީތޯ ރަނގަޅަށް ވިސްނާވަޑައިގަންނަވާ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، މިއީ ހަގީގަތް،" އޭނާ ވިދާޅުވި އެވެ.
ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން މަގުމައްޗަށް ނުކުމެ ޕީޕީއެމަށް މެމްބަރުން އިތުރު ކުރަން މަސައްކަތް ކުރަނީ އެ ބޭފުޅުން ޕާޓީއަށް ދެއްވާ ލޯތްބެއްގެ ބޮޑުކަމުންނާއި ސަރުކާރު ދަމަހައްޓަން ބޭނުންވާތީ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ވަޒީރުން ކުރައްވާ މަސައްކަތް ވެސް ދިފާއުކުރައްވައިފަ އެވެ.
"ތިން ދުވަހުގެ މަސައްކަތުން އެމްޑީޕީއަށް 100 ފޯމް ފުރުނަސް މުސާރަ ހަދިޔާ ކުރާނަން. ލާހިކެއް ނޫން (އެކަން ކުރާކަށް)، އެއީ ތަރައްގީ ގެންނަން ސަރުކާރުން މަސައްކަތް ކުރާކަން ރައްޔިތުން ގަބޫލުކުރާތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވަނީ އަަންނަ ރިޔާސީ އިންތިޚާބާއި 2023 ގެ އިންތިޚާބަށް ނިސްބަތްކުރައްވާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ނެރޭނީ ސިޔާސީ ވާދަވެރިންނަށް ވެރިކަމަށް ކުރިމަތިލާން ވާދަނުކުރެވޭ ވަރުގެ ނަތީޖާއެއް ކަމަށް ސިފަކުރެއްވި އެވެ. އަދި 2023 އަށް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ފަލާހު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މިއީ ސަރުކާރުގެ މުވައްޒަފުންނަށް ޕީޕީއެމަށް ވަންނަން މަޖުބޫރުކޮށް، އެ ޕާޓީއަށް ސޮއިނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާތީ އެކަން މަޖިލީހުން ހުއްޓުވަން ބާރުއެޅުމުގެ ގޮތުން ހުށަހެޅި ގަރާރެއް ކަމަށެވެ.
އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށާއި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަން އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރުން ގާނޫނު އަސާސީން ލާޒިމުކުރާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ޕީޕީއެމަށް ސޮއިކުރުވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
"ގާނޫނުއަސާސީ ދަނީ މުގުރަމުން، އޭގެ ބޭނުމެއް ނެތް"
ސަރުކާރު ނުހުއްޓުވޭނެ، ބަލިކަށްޓެއް ނުވާނެ: ޕީއެންސީ
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ފުލުހުންގެ ހައްގުތައް އިދިކޮޅުން ދިފާއުކުރާނެ: އަދުރޭ
ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްކަމަށް ގާސިމް
އިދިކޮޅަށް 45 މެމްބަރުން، ސަރުކާރަށް 40 މެމްބަރުން
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް