Roadha Mihaaru
ވެހިކަލްގެ މުއްދަތާބެހޭ ދިރާސާ ހަދަން އައިޔޫއެމްއަށް

މާލޭގައި ވެހިކަލް ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ދިރާސާ ހަދަން އައިޔޫއެމްއަށް

12 އޯގަސްޓް 2024

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭކޮށް، އެކަމާ ގުޅޭ ދިރާސާ ހެދުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާ ހަވާލުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭކޮށް، އެކަމާ ގުޅޭ ދިރާސާ ހެދުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާ ހަވާލުކޮށްފި އެވެ.

މާލޭ ސަރަހައްދުގައި ދުއްވޭނެ ވެހިކަލްގެ އަދަދާއި އަދި ވެހިކަލެއް ގިނަވެގެން ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމާ ގުޅޭ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ މަހު އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އައިޔޫއެމްއާ އެ މަސައްކަތް ހަވާލުކުރީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އަދި އެ މަސައްކަތް ހަވާލުކުރީ 625،700ރ. އަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން މާލެ ސިޓީ ކައުންސިލުން އިސްލާމިކް ޔުނިވާސިޓީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވަނީ.-- ފޮޓޯ: ކައުންސިލް

މާލޭ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކާ ގުޅޭ ދިރާސާ ހަދަން ކައުންސިލުން ހަވާލުކޮށްފައި ވާއިރު، މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ. އަދި ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބޮޑު ޕްލޭނެއް ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އެއްގަމުއުޅަނދު ރާއްޖޭގައި އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ ސަރަހައްދަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.