Roadha Mihaaru
އީދުގެ ފުރަތަމަ ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ

އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި

07 ޖުލައި 2022

ބޮޑު އީދުގެ ފުރަތަމަ ދެ ދުވަހު މާލޭގެ މަގުތަކުގައި ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޮޑު އީދުގެ ފުރަތަމަ ދެ ދުވަހު މާލޭގެ މަގުތަކުގައި ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހުގެ ހަވީރު އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރިޔަސް، ސަލާމަތީ ހިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަޖެންސީ ހާލަތްތަކުގައި ކޮންމެހެން ދުއްވަން ޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އާންމުކޮށް ކޮންމެ އަހަރަކު ވެސް އީދު ދުވަހާ ދިމާކޮށް މާލޭގެ މަގުތަކުގައި ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކުރެ އެވެ.

މި އަހަރުގެ ބޮޑު އީދަށް ވަނީ އަންނަ ހޮނިހިރު ދުވަހެވެ.

މިފަހަރު އީދަށް ހަފުތާއެއްގެ ދިގު ޗުއްޓީއެއް ލިބޭތީ ގިނަ ބަޔަކު އަންނަނީ ރަށްރަށަށް ފުރަމުންނެވެ. އަދި މިފަހަރު އީދު ބަންދު، ސްކޫލް ބޮޑު ޗުއްޓީއާ ދިމާވުމުން ވެސް މާލޭގައި ދިރިއުޅޭ ވަރަށް ގިނަ މީހުން ވަނީ އެކި ތަންތަނަށް ފުރައިފަ އެވެ.