Roadha Mihaaru
ތެލެސީމިއާއަށް އެންމެ ބޮޑު އިސްކަމެއް ދެނީ މިސަރުކާރުން

ތެލެސީމިއާ ހައްލުކުރަން ތާރީހުގައި ވެސް ނުދޭ ފަދަ އިސްކަމެއް މި ސަރުކާރުން ދޭ: ފަސްޓް ލޭޑީ

13 އޯގަސްޓް 2024

ތެލެސީމިއާ މައްސަލަ ހައްލުކުރަން، ރާއްޖޭގެ ތާރީހުގައި ވެސް އިސްކަންދީފައި ނުވާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތެލެސީމިއާ މައްސަލަ ހައްލުކުރަން، ރާއްޖޭގެ ތާރީހުގައި ވެސް އިސްކަންދީފައި ނުވާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހޭލުންތެރިކަން އިތުރުކޮށް، ތެލެސީމިއާ ހުއްޓުވަން އެކުލަވާލާ 10 އަހަރު ދުވަހުގެ މާސްޓާ ޕްލޭނާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކުން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ ތެލެސީމިއާ ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން މިއަދު ބާއްވަނީ ވަރަށް މުހިއްމު ގައުމީ މަސައްކަތެއް ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައި ވެސް ދެވިފައި ނުވާ ފަދަ އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން ސަރުކާރުންދޭ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ފަރުވާއަށް ބޭނުންވާ އިންތިޒާމުތައް އެބަ ހަމަޖައްސާ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ތެލެސީމިއާ ހުއްޓުވުމުގެ ދިހަ އަހަރު ދުވަހުގެ މާސްޓަޕްލޭނާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާކުރަން ބާއްވާ މަސައްކަތު ބައްދަލުވުމުގައި، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. --  ފޮޓޯ | ރައީސް އޮފީސް

އެކަމަނާ ވިދާޅުވި ގޮތުގައި، އާބާދީގެ ނިސްބަތުން ދިވެހިންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ، އިތުރަށް ވިސްނައި އެންމެން ހޭލުންތެރިވާން ޖެހޭ ހިސާބުގަ އެވެ.

ތެލެސީމިއާ އަށް 955 ކުއްޖަކު ރަޖިސްޓްރީ ކޮށްފައިވާއިރު، 666 ކުއްޖަކު ފަރުވާ ހޯދަމުން އަންނަ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ތެލެސީމިއާގެ 50 ކުދިންގެ ބޯންމެރޯ ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ތެލެސީމިއާގެ މާސްޓަޕްލޭން އެކުލަވާލަން ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.--  ފޮޓޯ | ރައީސް އޮފީސް

ތެލެސީމިއާގެ މާސްޓަޕްލޭން އެކުލަވާލަން ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ | ރައީސް އޮފީސް

ފަސްޓް ލޭޑީ ވިދާޅުވީ ސަރުކާރުގެ އަށް މަސްދުވަހުގެ ތެރޭގައި ބޯންމެރޯ ހަދަން 14 ކުދިން ރާއްޖެ އިން ބޭރަށް ފޮނުވި ކަމަށެވެ. ފަރުވާ އަށް ފަހު އެ ކުދިން ހެޔޮހާލުގައި އެނބުރި އައިސް މިހާރު ތިބީ ރާއްޖޭގައި ކަން ވެސް އެކަމަނާ ފާހަގަކުރެއްވި އެވެ.

ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު އަޅާ އެ ހޮސްޕިޓަލްގައި ހިލޭ ބޯންމެރޯ ހެދޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.