ރައީސުންގެ ރަސްމީ ގެކޮޅު، މުލިއާގެ މަރާމާތުކުރެވެންދެން އަމިއްލަ ގެކޮޅު، ދިމްޔާތުގައި މަޑުކުރައްވަން ޖެހިވަޑައިގަތް މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ހޭދަނުކުރައްވާ ކަމަށާއި ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
28 ފެބުރުއަރީ 2024
ރައީސުންގެ ރަސްމީ ގެކޮޅު، މުލިއާގެ މަރާމާތުކުރެވެންދެން އަމިއްލަ ގެކޮޅު، ދިމްޔާތުގައި މަޑުކުރައްވަން ޖެހިވަޑައިގަތް މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ހޭދަނުކުރައްވާ ކަމަށާއި ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ހުވާކުރައްވައި، ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް 25 މިލިއަން އަދި ރައީސްގެ ދެކަނބަލުންގެ ފަރީއްކޮޅަށް އެކަނި ވެސް 30 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރަޖިސްޓްރީނުކޮށް ހިންގާ ވެބްސައިޓެއްގައި ލިޔެ ސޯޝަލްމީޑިއާގައި ދައުރުކުރި އެވެ.
ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ވަނީ އެ ވާހަކަ ސާފުކޮށްދެއްވަން ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނީ އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ބުނަން މީހަކަށް ޗާންސެއް ދޭން ބޭނުން ނުވާތީ. -- ރައީސް
ނަޖުމާގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ހަގީގަތާ ހިލާފަށް ވަރަށް ގިނަ ވާހަކަތަކެއް މިހާރަކަށް އައިސް ދައްކަމުންދާ ކަމަށެވެ. ދިމްޔާތަށް ބޮޑު ހޭދައެއް ދައުލަތުން ކޮށްފައިވާ ކަމުގެ ތުހުމަތަކީ ވެސް ދޮގެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް، ހަމަ އެއްވެސް ހަރަދެއް ނޯންނާނެ ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ތިބޭ. ހުރިހާ އެންމެން ވެސް ގޭގެ ހަރަދުގައި ބޭތިއްބީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިމްޔާތުގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ވިދާޅުވީ 100 ދުވަހުގެ ތެރޭގައި ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ވާހަކައަކީ ބުއްދީގެ ހަމަތަކުގެ މަތިން ބަލާއިރު ވެސް ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް އަހަރަކަށް ކަނޑައަޅާފައި އޮންނަނީ ހަތް ލައްކަ ރުފިޔާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދައުލަތުން ހަރަދު ކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނީ އެއްވެސް ހަރަދެއް ނުކުރަން. އެއީ ދުވަހަކު ވެސް ތިކަހަލަ ވާހަކައެއް ބުނަން މީހަކަށް ޗާންސެއް ދޭން ބޭނުން ނުވާތީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ހިންގަމުން ދަނީ ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަށެވެ. ހަގީގަތް އޮޅޭ ގޮތަށް ކަންކަން ފަތުރަނީ އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު ގެންގުޅޭ ސްޓްރެޓެޖީއަކީ ދޮގު ފެތުރުމެވެ.
ހެލްތު ޗެކަޕްއަކަށް ރައީސް ސިންގަޕޫރަށް
ތެލެސީމިއާއަށް އެންމެ ބޮޑު އިސްކަމެއް ދެނީ މިސަރުކާރުން
ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންފި
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް