Roadha Mihaaru
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު

އާސަންދައިން 250 މިލިއަން ނުދީ އެބައޮތް، އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު

13 އޯގަސްޓް 2024

އޭޑީކޭ ހޮސްޕިޓަލަށް ދައުލަތުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސް ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ނުލިބި، ހިންގުން ހުއްޓާލަން ޖެހިދާނެ ހިސާބަށް ގޮސްފައިވާ ކަމަށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އޭޑީކޭ ހޮސްޕިޓަލަށް ދައުލަތުން ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސް ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ނުލިބި، ހިންގުން ހުއްޓާލަން ޖެހިދާނެ ހިސާބަށް ގޮސްފައިވާ ކަމަށް އޭޑީކޭ ގްރޫޕްގެ ޗެއާމަން އަހުމަދު ނާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭޑީކޭ އިން ވަނީ އެ ހޮސްޕިޓަލުން ދޭ އާސަންދަ ހިދުމަތަށް ދައުލަތުން ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން އަރަމުންދާ އަދަދު އިތުރުވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

އެކަމުގެ އިތުރު ތަފްސީލްތައް ހޯދުމަށް މިއަދު އެ ހޮސްޕިޓަލުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރުމުން، އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީއަކީ އަމިއްލަ ކުންފުނިތަކުގެ ދަރަނި ކަލެޓް ކުރަން ހުންނަ ފަރާތެއް ނޫން ކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލަ ކޮމިޓީ އަށް ފޮނުވީ މިވަގުތު ހާލަތު އޮތް ގޮތުން ރައްޔިތުންނަށް ވެސް ގެއްލުންތަކެއް ލިބިދާނެތީ ކަމަށެވެ.

ނާޝިދު ވިދާޅުވި ގޮތުގައި، އެ މައްސަލާގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މާލިއްޔަތު ކޮމިޓީ އަށް ސިޓީ ފޮނުވިއިރު ދައުލަތުން އޭޑީކޭ އަށް ދައްކަން ޖެހެނީ 166 މިލިއަން ރުފިޔާ އެވެ. އެކަމަކު، އޭގެ ދެ މަސް ފަހުން އެ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު 200 މިލިއަން ރުފިޔާ އަށް ބޮޑުވެފައިވާތީ ފިނޭންސް މިނިސްޓްރީ އަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. މިހާރު ދައުލަތުން އެ ކުންފުންޏަށް ދައްކަން ޖެހޭ އަދަދު 251 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން އޭޑީކޭ އަށް ފައިސާ ދައްކަމުން އަންނަނީ މަހަކު 25 މިލިއަން ރުފިޔާގެ މަގުން ކަމަށާއި ނަމަވެސް ކޮންމެ މަހަކު ދައުލަތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 40 މިލިއަނަށް ވުރެ ގިނަ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެ މައްސަލަ އަށް ހައްލެއް ނުލިބި މިގޮތަށް ދާ ނަމަ އަންނަ އަހަރުގެ މިއަދާ ހަމައަށް އަންނަ އިރު 400 މިލިއަން ރުފިޔާ އާ ހަމައަށް އަދަދުތައް އަރާނެ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެތެރޭގައި ހިންގާ އެ ހޮސްޕިޓަލްގެ ފާމަސީން ބަޔަކު ހިދުމަތް ހޯދަނީ:

އޭޑީކޭ ހޮސްޕިޓަލްގެ އެތެރޭގައި ހިންގާ އެ ހޮސްޕިޓަލްގެ ފާމަސީން ބަޔަކު ހިދުމަތް ހޯދަނީ:

"ފަންސަވީސް މިލިއަން ރުފިޔާ އެއީ އެކަށީގެންވާ އަދަދެއް ނޫން. އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓިން ކޮސްޓް ޕާ ޑޭ އަކީ ވެސް 1.5 މިލިއަން. ޕާ މަންތު 45 މިލިއަން އެބަ އަރާ. އެހެންވެ މި ވަރުން އަޅުގަނޑުމެންނަށް ދެކޮޅެއް ނުޖެއްސޭނެ،" ރާއްޖޭގައި އެންމެ ފުޅާކޮށް އަދި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް ހިންގަވާ ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ފައިސާތައް ނުދައްކާއިރު، އޭޑީކޭ އިން ސަޕްލަޔަރުންނާއި ބޭންކުތަކަށް ދައްކަން ޖެހޭ ފައިސާ އަންނަނީ ޑިއު ވަމުންނެވެ. ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ މުހިންމު ތަކެތި ހޯދަން ދަތިވެފައިވާ ކަމަށް ނަޝިދު ވިދާޅުވި އެވެ.

އެ ދަތިތައް ދިމާވާތީ އޭޑީކޭ ކުންފުނިން ހިންގާ ރިސޯޓު ފަދަ އެހެނިހެން ވިޔަފާރިތަކުން އެ ފައިސާ ހަމަޖައްސައިގެން ވެސް ހިދުމަތް ހުއްޓާ ނުލައި ކުރިޔަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޝިދު ވިދާޅުވި އެވެ.

ފަންސަވީސް މިލިއަން ރުފިޔާ އެއީ އެކަށީގެންވާ އަދަދެއް ނޫން. އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޓިން ކޮސްޓް ޕާ ޑޭ އަކީ ވެސް 1.5 މިލިއަން. ޕާ މަންތު 45 މިލިއަން އެބަ އަރާ. އެހެންވެ މި ވަރުން އަޅުގަނޑުމެންނަށް ދެކޮޅެއް ނުޖެއްސޭނެ،"--- ނާޝީދު

އޭގެ ފަހުން އެ އަށް ވުރެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ އޭނާ ވިދާޅުވި ގޮތުގައި، މާލޭގައި އެޗްއެސްބީސީގެ އޮޕަރޭޝަންތައް ބަންދުކޮށް، މި އަހަރުގެ އޮކްޓޯބަރުގައި އެ ބޭންކުން ރާއްޖެ ދޫކޮށްލާނެތީ އެވެ. އެހެންވެ، އާސަންދަ އިން ނަގާފައިވާ ފައިސާގެ ގެޕް ފިލް ކުރަން، އެޗްއެސްބީސީން ނަގާފައިވާ ފައިސާތައް ސެޓަލް ކުރަން އެ ބޭންކުން އަންގާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އާސަންދަ ޕޭމަންޓު ނުލިބޭތީ އެކަން ފޫބައްދަން އެ ކުންފުނިން އެކިއެކި ބޭންކުތަކުން ނަގާފައި ހުރި ފައިސާގެ ޖުމްލަ އަދަދު 150 މިލިއަނަށް އަރާ ކަމަށާއި އެ އޯޑީތަކުގެ އިންޓްރަސްޓުގެ ގޮތުގައި އިތުރު 17 މިލިއަން ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވަރަށް ލޯޑު ނެތިއްޔާ ބައެއް ޑޮކްޓަރުންނާއި ސާވިސްތައް ހުއްޓާލަން ޖެހޭނީ،"--- ނާޝިދު

އޭގެ އިތުރުން އޭޑީކޭގެ ފާމަސީގެ ބައެއް ވައިޓަލް ލައިފް ސޭވިން ޑްރަގްގެ ސަޕްލަޔަރުން ހަދަން ޖެހޭ ޕޭމަންޓުތައް ނުހަދާތީ އެ ފަރާތްތަކުން ދީފައި ހުރި އޯޑީ ފެސިލިޓީތައް ވެސް ހުއްޓިފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ލައިފް ސޭވިން ޑްރަގެއް ނެތިގެން ފުރާނަ އަށް ގެއްލުން ވުން މިއީ އަޅުގަނޑުމެންގެ ކޮންސާން އަކީ. މިހާރު އެ ސްޓޭޖަށް އެބަދޭ،" ނާޝިދު ވިދާޅުވި އެވެ.

އޭޑީކޭ އިން ހުށަހަޅާފައިވަނީ ދައުލަތުން މަހަކު މިހާރު ދައްކަމުން އަންނަ 25 މިލިއަން ރުފިޔާގެ ބަދަލުގައި އެ އަށް ވުރެ ބޮޑު އަދަދެއް ދައުލަތުން ދައްކަމުން ދިއުމެވެ. އޭގެ ސަބަބަކީ އޭޑީކޭ ހިންގުމަށް ކޮންމެ މަހަކު 45 މިލިއަން ރުފިޔާ ހޭދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން.

އޭޑީކޭ ހޮސްިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބަޔަކު މަޑުކޮށްލައިގެން.

އެކަން އެގޮތަށް ނުކޮށް މި މައްސަލައަށް ހައްލެއް ނުލިބޭ ނަމަ ހިދުމަތް އިތުރަށް ދިނުމަށް ފީސިބަލްއެއް ނުވާނެ ކަމަށާއި އާސަންދަ ދިނުން ވެސް ހުއްޓާލަން ޖެހިދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"އެ ވަރަށް ލޯޑު ނެތިއްޔާ ބައެއް ޑޮކްޓަރުންނާއި ސާވިސްތައް ހުއްޓާލަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އޭޑީކޭ އިން ހިދުމަތްތައް ހުއްޓާލައިފި ނަމަ މުޅި ހެލްތު ކެއާ ސިސްޓަމް ވެސް ހަލާކުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދު ވަނީ ސިއްހީ ހިދުމަތްތައް މިހާރަށް ވުރެ އަގު ހެޔޮކޮށް ސަރުކާރުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ވެސް ހުށަހަޅުއްވައިފަ އެވެ.