Roadha Mihaaru
މޫސުން ގޯސްވުމުން މި ހަފްތާ ފްލައިޓުތަކެއް ޑިލޭ ވެދާނެ

މޫސުން ގޯސްވުމުން މި ހަފްތާގައި ފްލައިޓުތަކެއް ޑިލޭ ވެދާނެ: އެމްއޭސީއެލް

13 އޯގަސްޓް 2024

މޫސުން ގޯސްވުމާ ގުޅިގެން މި ހަފްތާ ތެރޭގައި ފްލައިޓުތަކެއް ޑިލޭ ވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޫސުން ގޯސްވުމާ ގުޅިގެން މި ހަފްތާ ތެރޭގައި ފްލައިޓުތަކެއް ޑިލޭ ވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ހަފްތާ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ޑިލޭތަކެއް ވެދާނެ ކަމަށާއި އެއާޕޯޓަށް އަންނަ އިރު އެކަމަށް ސަމާލުވެ ރަނގަޅަށް ތައްޔާރު ވާން އެދޭ ކަމަށެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މާލޭގައި ވެސް މިއަދު ހެނދުން ފެށިގެން ހުއްޓާ ނުލައި ވާރޭ ވެހުމާ ގުޅިގެން އޮތީ ފެން ބޮޑުވެ ގިނަ ހިދުމަތްތަކަށް ދަތިވެފަ އެވެ.

މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ.

އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ.