މާދަމާގެ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
18 ސެޕްޓެމްބަރ 2024
މާދަމާގެ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މެދުރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެ އެވެ.
ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވުން އެކަށީގެންވެ އެވެ. ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގަ އެވެ.
ރާއްޖެ އަށް މިހާރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ސެޓްލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، މި ވަގުތު މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ވާރޭ ވިލާ ވަނީ އުފެދިފަ އެވެ. ލަފާކުރެވޭ ގޮތުގައި، މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކެރީގެ އަސަރު ކުރާނެ އެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް