ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އެރި ނަމަވެސް އެ ފައިސާ ނުދައްކައި ތިބި ކުންފުނިތަކުގެ ލިސްޓު އާންމު ކުރުމާ އެކު، މިހާތަނަށް ފައިސާ ދައްކައި ހަލާސްކުރި ކުންފުނިތަކުގެ ނަންތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިއުލާންކޮށްފި އެވެ.
15 އޯގަސްޓް 2024
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އެރި ނަމަވެސް އެ ފައިސާ ނުދައްކައި ތިބި ކުންފުނިތަކުގެ ލިސްޓު އާންމު ކުރުމާ އެކު، މިހާތަނަށް ފައިސާ ދައްކައި ހަލާސްކުރި ކުންފުނިތަކުގެ ނަންތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިރޭ އިއުލާންކޮށްފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކުގެ ވަނަވަރު ސަރުކާރުން ފުރަތަމަ ފަހަރަށް އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
އެ ލިސްޓު އާންމުކުރިތާ ތިން ހަފުތާ ވީ ދުވަހު ހޯމް މިނިސްޓްރީން ވަނީ 182،954،572ރ. ރިކަވާ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން، އެ މިނިސްޓްރީން މިރޭ ވަނީ ޖޫރިމަނާ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނުނު ކުންފުނިތަކުގެ ތެރެއިން މިދިޔަ ތިން ހަފުތާ ތެރޭގައި އެއްކޮށް ފައިސާ ދައްކައި ހަލާސްކުރި ފަރާތްތަކުގެ ނަންތައް އާންމުކޮށްފަ އެވެ. އެއީ:
1- އެލިއާ ކޮންސްޓްރަކްޝަން
2- އަންގިރި ރިސޯޓްސް މެނޭޖުމަންޓް އެންޑް އޮޕަރޭޝަންސް
3- ބްރެނީނާ މޯލްޑިވްސް
4- ޗިކާނޯ އިންވެސްޓްމަންޓްސް
5- އީސްޓް ކޯސްޓް އިންވެސްޓްމަންޓު
6- ގޭޖް
7- ހެވީ ފޯސް
8- ހޮރައިޒަން ފިޝަރީޒް
9- އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ
10- މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
11- ޕެސްޓް އެކްސް މޯލްޑިވްސް
12- ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމަންޓް
13- ރެޑްވޭވް
14- ރެނާޓަސް ޕްރޮޖެކްޓްސް
15- ސީގަލް ގުރޫޕް
16- އެސްކޭ މޯލްޑިވްސް
17- ދަ ހޯކްސް
18- ޔުނިވާސަލް އެންޓަޕްރައިސަސް
19 ވިލާ ހަކަތަ
20- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
މީގެ ތެރޭގައި ވިލާ ޝިޕިން އާއި ވިލާ ހަކަތަ އާއި ޔުނިވާސަލް އާއި އެލިއާ އާއި ސީގަލް ގުރޫޕާއި ރެޑްވޭވް އަދި ދަ ހޯކްސް ހިމެނޭއިރު ރާއްޖޭގައި ވަރަށް ފުޅާކޮށް ވިޔަފާރިކުރާ ނަން މަޝްހޫރު ކުންފުނިތަކެކެވެ.
ހޯމް މިނިސްޓްރީން މިރޭ ބުނިގޮތުގައި، އެ ކުންފުނިތަކުގެ ނަންތައް އޭރު ލިސްޓުގައި ހިމެނީ ދައުލަތަށް ދައްކަން ޖެހޭ ފީގެ އަދަދު ލައްކައަކަށް ވުރެ އިތުރުވުމުގެ ސަބަބުންނެވެ. އެކަމަކު، މިހާރު އެއީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފީތަކާ ގުޅިގެން ދައުލަތަށް ގަވާއިދުން ދައްކަން ޖެހޭ ފީތައް ދައްކަމުންދާ ކުންފުނިތައް ކަަމަށް މިނިސްޓްރީން ބުންޏެވެ.
"އަދި މިއަދާ ހަމައަށް އެ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދައްކާފައިވާ ކަން ފާހަގަކުރަމެވެ،" އިއުލާނުގައި ވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ، ބިދޭސީންނާ ގުޅޭ ޖޫރިމަނާ ފީތައް ނުދައްކާ ކުންފުނިތަކުގެ ލިސްޓު އާންމުކުރި ފަހުން ވަރަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވާ ކަމަށެވެ. އެކަމަކު، އެއްކޮށް ފައިސާ ދައްކައި ނުނިންމާތީ އަދިވެސް ލިސްޓުގައި ހިމަނާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ހަ ލައްކަ ރުފިޔާ ދެއްކި ކުންފުނިތައް ވެސް ލިސްޓުގައި އެބަތިބި. އެކަމަކު، އަދިވެސް އެއްކޮށް ފައިސާ ދައްކައި ނުނިންމާތީ ލިސްޓުން ނުނަގާ،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަން ވެސް ލިސްޓުން އެނގެ އެވެ.
ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.
ކޯޓާ ފީގެ ގޮތުގައި 96،550،286ރ.
ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
ބިދޭސީންގެ މައުލޫމާތު އެއްކުރުން ކައުންސިލްތަކަށް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ބިދޭސީންގެ ފީތައް ނުދައްކާ މީހުން ސަސްޕެންޑު ކުރަނީ!