ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރިތާ ތިން ހަފުތާ ވީއިރު 182 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާ އަރާފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރިތާ ތިން ހަފުތާ ވީއިރު 182 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ރޭ ބުނެފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކުގެ ވަނަވަރު ސަރުކާރުން ފުރަތަމަ ފަހަރަށް އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެ ލިސްޓު އާންމުކުރިތާ ތިން ހަފުތާ ވީ ދުވަހު ހޯމްލޭންޑް ސެކިއުރިޓީން ރޭ ބުނީ، 182،954،572 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފުސީލެއް އެ މިނިސްޓްރީން އަދި ނުދެ އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
ސަރުކާރުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ. ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަން ވެސް ލިސްޓުން އެނގެ އެވެ.
ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ.
ކޯޓާ ފީގެ ގޮތުގައި 96،550،286ރ.
ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. މިހާތަނަށް ވަރަށް ގިނަ ރެއިޑް އޮޕަރޭޝަންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އިސްވެ ހިންގާފައިވާއިރު 200 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ވަނީ އަތުލައިގަނެފަ އެވެ. އެ އެންމެން ވަނީ ޑީޕޯޓްކުރާ މީހުންގެ ލިސްޓުގައި ހިމަނައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ މިދިޔަ ނުވަ މަސް ތެރޭގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ މީހަކަށް ވެސް އިމިގްރޭޝަނަށް ރިޕޯޓް ކުރެވޭނެ ޕްލެޓްފޯމެއް ވަނީ ހަދައިފަ އެވެ. "އިމިގްރޭޝަން ވޮޗް" ގެ ނަން ދީފައިވާ އެ ޕޯޓަލަށް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 290 މައްސަލަ ލިބިފައިވާ ކަަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށާއި 146 މައްސަލައިގެ މައުލޫމާތު ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ބުންޏެވެ.
ތަފާތު ވަޒީފާތަކަށް ރާއްޖެ އަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ވެސް ކެބިނެޓުން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ، ބިދޭސީންނަށް ވަޒީފާ ދޭ މީހުންގެ ތެރެއިން ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓު އާންމު ކުރުމުގެ އިތުރުން ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދު އިހުމާލުވާ ނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އިތުރު ފިޔަވަޅުތައް ވެސް އަޅަން ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބިދޭސީންނަށް ވަޒީފާ ދޭ ދިވެހިންގެ ތެރެއިން ބިދޭސީންނާ މެދު އިހުމާލުވާ މީހުން 50،000ރ. އިން ޖޫރިމަނާ ކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އެ ކަމަކު އެ އިސްލާހަށް އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުންނެވެ. އަދި އެ އިސްލާހުގެ ބިލް މަޖިލިހަށް އެޖެންޑާއެއް ނުކުރެ އެވެ.
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ
ބިދޭސީންގެ ފީ ނުދައްކާ ބޮޑެތި ކުންފުނިތައް އާއްމުކޮށްފި
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
"މުޑުދާރު ކާބޯތަކެތީގެ ވިޔަފާރި ފުޅާ، ހުއްޓުވާނަން"
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު
ބިދޭސީންގެ މައުލޫމާތު އެއްކުރުން ކައުންސިލްތަކަށް