ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާގެ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 1،000 އަށް ވުރެ ގިނަ ކުންފުނީގެ ނަން ހޯމް މިނިސްޓްރީން މިރޭ ހާމަ ކޮށްފި އެވެ.
24 ޖުލައި 2024
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ޖޫރިމަނާގެ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 1،000 އަށް ވުރެ ގިނަ ކުންފުނީގެ ނަން ހޯމް މިނިސްޓްރީން މިރޭ ހާމަ ކޮށްފި އެވެ.
މިއީ، ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް ނުދައްކައިގެން ސަރުކާރުން ކުންފުނިތަކުގެ ނަން ހާމަ ކުރި ފުރަތަމަ ފަހަރެވެ.
ހޯމް މިނިސްޓްރީގެ އިއުލާނެއްގައި ބުނީ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1،026 ކުންފުންޏަކުން ފީތައް ނުދައްކާ އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ވަރަށް މަޝްހޫރު، ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮަށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްޞީލް pic.twitter.com/Jkj3OMlzA2
— Ministry of Homeland Security & Technology, MV (@HomeMinistrymv) July 24, 2024
އޭގެ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ. އަދި ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން އާންމު ކުރި ލިސްޓުން އެނގެ އެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރުން ހުއްޓުވައި ވިޔަފާރި ހިންގާ ބިދޭސީން ޑިޕޯޓްކުރުން ހިމެނެ އެވެ.
ބިދޭސީންނަށް މުސާރަ ނުދޭ ނަމަ ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަންނަން ރެއިޑް އޮޕަރޭޝަން ހިންގުމާއި އެ ގޮތަށް އަތުލައިގަންނަ މީހުން ޑީޕޯޓްކުރުން ހިމެނެ އެވެ. މި ސަރުކާރު އައި ފަހުން މިހާތަނަށް އެކަނިވެސް 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ ވަގުތަކު ކޮންމެ މީހަކަށް ވެސް އެ އިދާރާ އަށް ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް ވެސް ގާއިމްކޮށްފަ އެވެ.
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް
ތިން ހަފުތާގެ ތެރޭގައި 182 މިލިއަން ލިބިއްޖެ
ބިދޭސީންގެ ޖޫރިމަނާ ބަހާލައިގެން ދައްކަން ފުރުސަތު ދެނީ
ޖޫރިމަނާ ފައިސާ ދެއްކި 20ކުންފުނީގެ ނަން އާންމުކޮށްފި
7،500 ފަރާތެއް އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފި
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު
ބިދޭސީންގެ ފީތަކުން ދައުލަތަށް 636މިލިއަން ލިބެންޖެހޭ
ވޯކް ވިސާ ފީ ދެން ދައްކަން ޖެހޭނީ އޮންލައިންކޮށް
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ކޮންމެ ވަގުތެއްގައި ވެސް މިހާރު ވިސާ އަށް ހުށަހެޅޭނެ