Roadha Mihaaru
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!

އީޕީއޭ އަށް އޮތީ މުޅިން ވެސް ފައިސާ ހޯދުމުގެ "ހަނގުރާމަ" ކުރުން

19 އޯގަސްޓް 2024

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެންދާ މައްސަލަތަކުގައި އެ ފައިސާ ހޯދުމަށް ކޯޓަށް ގެންދިއުމުގެ ބާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ނެތުމަކީ އެ ފައިސާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެންދާ މައްސަލަތަކުގައި އެ ފައިސާ ހޯދުމަށް ކޯޓަށް ގެންދިއުމުގެ ބާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ނެތުމަކީ އެ ފައިސާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ، ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، ފަރުތަކަށް ލިބޭ ގެއްލުމާ ގުޅިގެން ކުރާ ޖޫރިމަނާ ހޯދުމަކީ ބޭރު ގައުމުތަކާއި ރާއްޖޭގެ އެކި މުއައްސަސާތަކާ ވެސް ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށެެވެ. ފައިސާ ހޯދުމަށް ސީދާ ކޯޓަށް ދިއުމުގެ ބާރު އީޕީއޭ އަށް ނެތުމުން ފައިސާ ހޯދުން ދިގުލައިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންގެ އެކްސްޕެކްޓޭޝަން ހުންނަ ވަރަކަށް ނޫން އީޕީއޭ އަށް މިނިވަންކަން އޮންނަނީ. މައްސަލަތައް ހިފައިގެން ކޯޓަކަށް ނުދެވޭ އީޕީއޭއަކަށް،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޓާނީ ޖެނަރަލްގެ އޮފީހަށް މައްސަލަތައް ފޮނުވުމުން، އެ ތަނުގައި ވެސް މި މައްސަލަތައް މަޑުޖެހިފައި އޮންނަ ކަމަށެވެ.

"އީޕީއޭ އަށް މައްސަލަ ހިފައިގެން ކޯޓަށް ދެވެން ނޯވޭ. އެހެންވެ ލަސްވޭ، އޭޖީ އޮފީހުގައި ވެސް ވަރަށް ގިނަ ދުވަހު ޕާކުވެފައި އެބަ ހުރި، މީގެ ކުރިން އެބަހުރި ކޯޓަށް ދިއުމުގެ ކުރިން މިނިސްޓަރާ ހަމައިން އެޕީލްކޮށް، އެ ހިސާބުގައި މަޑުޖެހިފައި ވެސް. އެެހންވީމާ ވަރަށް ބޮޑެތި ދަތިތައް އާދޭ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފަރުތަކަށް ލިބޭ ގެއްލުން ބެލެން އީޕީއޭ އަށް އޮންނަނީ ފަރުން އުޅަނދު ނެގުމުންނެވެ. އެކަމަކު ބައެއް ފަހަރު ފަރުން އުޅަނދު ނުނަގައި ވެސް ގިނަ ދުވަސްތަކެއްވާ ކަމަށާއި އެކަމުގެ ސަބަބުން ވެސް ފަރަށް ލިބޭ ގެއްލުން ބެލުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަރަށް އަރައިފައި އެ އެތި ފަރުން ނެގީމާ ނޫނީ ޖޫރިމަނާ ކުރެވޭކަށް ވެސް ނޯވޭ. އެހެންވީމާ އެ ފަރުމަތީގައި ބާއްވާފައި އޮތީމާ ދެން ކުރެވޭނެ ކަމެއް ނޯވޭ އީޕީއޭއަކަށް. އީޕީއޭ އިން މި ކުރަނީ ތިމާވެއްޓަށް ލިބޭ ގެއްލުމަށް ޖޫރިމަނާއެއް،" ނައީމް ވިދާޅުވި އެވެ.

މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ، ޖޫރިމަނާ ކުރުމަށް އީޕީއޭ އިން ގެންގުޅޭ ގަވާއިދަކީ ބޭރުގެ ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައި، ކޮންސަލްޓަންޓުންނާ ގުޅިގެން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އެއީ މުރަކައިގެ ކޮންމެ ކުނޑި މީޓަރަކަށް ކެނޑޭނެ އަގު ބަލައިގެން ހަދާފައިވާ ގަވާއިދެކެވެ.

އީޕީއޭއަށް ހުރި ގޮންޖެހުންތައް:

ނައީމް ވިދާޅުވީ ބޭރުގެ އުޅަނދުތައް ފަރަށް އަރައިގެން އެ ބޯޓުތައް ޖޫރިމަނާ ކުރުމަށް ފަހު، އެޖެންޓާ ވާހަކަ ދައްކަމުން ދަނިކޮށް އެޖެންޓް ބަދަލުވާ ފަހަރުތަކާއި އުޅަނދު އެހެން މީހަކަށް ވިއްކާލައިގެން އޭގެ ވެރިޔާ ބަދަލުވާ މައްސަލަތައް ވެސް އެބަ ހުރި ކަމަށެވެ. މީގެ ސަބަބުން ވެސް އަލުން މަޝްވަރާތައް ކުރަންޖެހި، ޖޫރިމަނާ ފައިސާ ހޯދުން ދިގުލައިގެންދާ ކަމަށް ވިދާޅުވި އެވެ.

އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި ނައީމް ވިދާޅުވީ ފަރަށް ލިބޭ ގެއްލުން ބެލުމަށް ޑައިވް ކުރުމާއި ފަރަށް ބޯޓު އަރާ ސަރަހައްދަށް ދިއުމުގެ ހަރަދަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނެތުމެވެ. އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް މުސާރަ ދީފައި އިތުރު ކަމެއް ކުރާނެ ފައިސާއެއް ނެތެވެ.

"މީގެ ދަތުރެއް ކުރަން ވެސް ފުދޭ ވަރަކަށް ފައިސާ ދޭ. އެއީ ޑައިވިން ވެސް ކުރަންޖެހޭ. އެ ދާ ތާކަށް ދިއުމާއި ވަރަށް ވަރުގަދަ ބަޔަކާ އެކު މި ޖެހެނީ ހަނގުރާމަ ކުރަން އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި ބޭރުގެ އުޅަނދުތައް ޖޫރިމަނާކުރުމަށް ފަހު ކުރަން ޖެހެނީ "ހަނގުރާމަ" އެކެވެ. އެ މީހުން ރާއްޖެއިން ބޭރުގެ ވަރުގަދަ ކޮންސަލްޓަންޓުން ގެނެސް، އެތަން ސާވޭ ކުރާއިރު ރާއްޖޭގައި ތިބީ އެކަމަށް ސެޓިފައިވެފައި ތިބި މަދު ބައެއް ކަމަށް ނައީމް ވިދާޅުވި އެވެ.

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުލިބޭ މައްސަލާގައި މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީއަށް އީޕީއޭގެ އިސްވެރިން ހާޒިރުކޮށްފައި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި ހާދިސާތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ނުލިބޭ މައްސަލާގައި މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީއަށް އީޕީއޭގެ އިސްވެރިން ހާޒިރުކޮށްފައި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަރަށް ލިބޭ ގެއްލުމަށް ހޯދި ފައިސާ އިން މިހާތަނަށް އެ އެޖެންސީއަށް ލިބުނީ 53 މިލިއަން ރުފިޔާ އެވެ. މިއީ މި ފަހުން، މާލެ އަތޮޅު ރަސްފަރި ފަރަށް ބޭރުގެ ބޮޑު ބޯޓެއް އަރައި ލިބުނު ގެއްލުން ބެލުމަށް ލިބުނު އަދަދެއް ކަމަށާއި އެ ފައިސާ އިން ޑައިވްކުރާނެ ސާމާނާއި ޑްރޯނާއި މޫދުގެ އަޑީގައި ބޭނުންކުރެވޭ ކެމެރާ ގަނެފައިވާ ކަމަށް ނައީމު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ މިދިޔަ 2-3 އަހަރުގެ ތެރޭގައި ފަރަށް ލިބުނު ގެއްލުމާ ގުޅިގެން ކުރި 37 ޖޫރިމަނާއަކުން 228 މިލިއަން ރުފިޔާ ދައުލަތަށް ހޯދައި ދީފައިވާ ކަމަށެވެ.

އެކަމަކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އީޕީއޭ އިން މިދިޔަ އަހަރުގެ ޖުލައި މަހު "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން ތިމާވެއްޓަށް ގެއްލުން ދީގެން ކޮށްފައިވާ ޖޫރިމަނާތަކުން 2009 އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 676 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި އެބަހުއްޓެވެ.