Roadha Mihaaru
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް

ފުއްގިރީގެ މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް

19 އޯގަސްޓް 2024

ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ބާއްވަން ހަމަޖެއްސުމަށް ފަހު މިއަދު ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރ. ފުއްގިރީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް މާދަމާ ބާއްވަން ހަމަޖެއްސުމަށް ފަހު މިއަދު ކެންސަލްކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު މާދަމާ ބާއްވަން ހަމަޖެއްސިކަން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިރޭ ބުނިގޮތުގައި އެ އަޑުއެހުން ކެންސަލްކުރީ މާދަމާގެ އަޑުއެހުމަށް ދައުލަތުގެ ހެކިންނަށް ހާޒިރު ނުވެވޭތީ ދައުލަތުން އެދިގެންނެވެ.

އެ އަޑުއެހުން ކެންސަލްކުރި ނަމަވެސް، ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތް އަންނަ ބުދަ ދުވަހަށް އޮތީ ތާވަލްކޮށްފަ އެވެ. އެ މައްސަލާގައި ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ހައި ކޯޓުން ކުރިން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ.

ފުއްގިރި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.