Roadha Mihaaru
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"

ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"

21 އޯގަސްޓް 2024

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ގެނެސްދޭ އަނަންޔާ ޕާންޑޭގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ގެނެސްދޭ އަނަންޔާ ޕާންޑޭގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

މި ޓްރެއިލާ އާންމުކުރުމުގެ ކުރިން ގެނެސްދިން އިޝްތިހާރެއްގައި ކަރަން ބުނި ގޮތުގައި، މިއީ އަނަންޔާގެ "ރީ-ލޯންޗެވެ". އަނަންޔާ ބޮލީވުޑަށް ތައާރަފުކޮށްދިނީ ކަރަން އެވެ. އެއީ 2019 ވަނަ އަހަރު އޭނާ ޕްރޮޑޮއުސްކޮށް ގެނެސްދިން ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިންނެވެ.

"ކޯލް މީ ބޭ"ގެ ޓްރެއިލާއިން ފެންނަ ގޮތުގައި، މި ސީރީޒްގައި އަނަންޔާ ކުޅެނީ ވަރަށް މުއްސަނދިކޮށް އުޅެނިކޮށް، އާދައިގެ ދިރިއުޅުމަކަށް ދާން މަޖުބޫރުވާ އަންހެނެއްގެ ރޯލެވެ. އޭނާ ވަޒީފާއަކަށް ވަންނަ ހިސާބުން ދިމާވާ މަޖާ ކަންތައްތައް ދައްކަ އެވެ.

އަނަންޔާއާ އެކު މި ސީރީޒްގެ މުހިންމު ރޯލުތައް ކުޅެނީ ވަރުން ސޫދު، ވިހާން ސަމަތު، ވީރް ދާސް އަދި ގުރުފަތޭ ޕިރްޒާދާ އެވެ.

މި ސީރީޒް ގެނެސްދެނީ ވެބް ސީރީޒްތައް އުފެއްދުމަށްޓަކައި ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން އުފައްދާފައިވާ ދަރްމެޓިކް އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުންނެވެ.

އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ "ކޯލް މީ ބޭ" ސްޓްރީމްކުރަން ފަށަނީ އަންނަ މަހު ހައެއްގަ އެވެ.