ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތުގައި، މިއަދު ރާއްޖެއާ ދެކޮޅަށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ ބޫޓާނުން ރާއްޖެ ބަލިކޮށްފި އެވެ.
21 އޯގަސްޓް 2024
ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތުގައި، މިއަދު ރާއްޖެއާ ދެކޮޅަށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ ބޫޓާނުން ރާއްޖެ ބަލިކޮށްފި އެވެ.
ތިން ޓީމު ހިމެނޭ ގުރޫޕުން، މިއަދު ދިވެހި ޓީމު ބަލިވުމުން މުބާރާތުން ކެޓުމުގެ ބިރު ރާއްޖެ އަށް ވަނީ ކުރިމަތި ވެފަ އެވެ.
ރާއްޖެ އަށް ދެން އޮތީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އެވެ. އެ ޓީމުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ނުވަ ކުޅުންތެރިންނާ އެކު ކުޅެ 1-0 ން މޮޅުވި އެވެ.
މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ބޫޓާނުން މޮޅުވި ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ.
ފުރަތަމަ ހާފު ވެސް އެ ޓީމުން ނިންމާލީ ލީޑްގައި އޮވެގެންނެވެ. ދެވަނަ ހާފުގައި، ރާއްޖޭ އުފެއްދި ހުސް ފުރުސަތަކަށް ހުރަސްއެޅުމުގެ ގޮތުން ބޫޓާންގެ ކީޕަރު އޭރިއާ ބޭރަށް ނުކުމެ ފައުލު ކުރި އެވެ. އެ ފައުލާ ގުޅިގެން، ރެފްރީ ވަނީ ކީޕަރަށް ރަތްކާޑު ދައްކައިފަ އެވެ.
ބަދަލުގައި ކުޅެން ނުކުތީ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ބެލެހެއްޓި ކީޕަރެވެ. އެކަމަކު އެ ހީލޭޖެހުން ރާއްޖޭގެ އިޝްއާފް ފިރާގު ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.
ދެވަނަ ހާފުގައި ބޯކޮށް ވާރޭ ވެހި ދަނޑުގައި ކަތަމަންޑޫގެ ދަނޑުގައި ފެން ހެދުމުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ.
ދެވަނަ ހާފުގެ ބޮޑުބައެއް އެކަމަކު ބޫޓާނުން އެކަކު މަދުކޮށް ކުޅުނު ނަމަވެސް ރާއްޖެއަށް އޭގެ އެޑްވާންޓޭޖް ނެގޭ ގޮތެއް ނުވި އެވެ.
ބުޓާނުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އެ ޓީމުން ދެ ލަނޑު ވެސް ޖެހީ އޯޕަން ޕްލޭގަ އެވެ.
ރާއްޖެ މެޗު އެނަލިސިސްއެއް؛ މިހާ ދަށް މެޗެއް ނުދެކެން
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ލަންކާ ކައިރިން ފަހުވަގުތު ރާއްޖެ ފުއްދާލީ ޕޮއިންޓަކުން
ޒުވާން ޓީމު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެއްޖެ
ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބާއްވަނީ
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ރާއްޖޭގެ ޒުވާން ޓީމަށް މުބާރާތް ނިމިއްޖެ
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު