އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި، ބުރާސްފަތި ދުވަހުގެ ރޭ ބުޓާނާ ދެކޮޅަށް ކުޅުނު މެޗުން، ދިވެހި ޓީމު މޮޅު ވިޔަސް ރާއްޖެއިން ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެވެ. ގާތްގަނޑަކަށް ދޮޅު މަސް ދުވަހު ތަމްރީންގައި ހޭދަކޮށްގެން ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭނީ މި ކަހަލަ ދަށް ގޭމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.
24 ޖޫން 2023
އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި، ބުރާސްފަތި ދުވަހުގެ ރޭ ބުޓާނާ ދެކޮޅަށް ކުޅުނު މެޗުން، ދިވެހި ޓީމު މޮޅު ވިޔަސް ރާއްޖެއިން ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެވެ. ގާތްގަނޑަކަށް ދޮޅު މަސް ދުވަހު ތަމްރީންގައި ހޭދަކޮށްގެން ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭނީ މި ކަހަލަ ދަށް ގޭމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޯސްޓާ ރާއްޖޭގެ މެޗުގެ އެނަލިސިސްއެއް އޭނާގެ ފޭސްބްކްގައި ލިޔެފައި ވެއެވެ. އޭނާ ބުނީ މިހާ ދަށް މެޗެއް ރާއްޖެއިން ކުޅެފައި ނުވާ ކަމަށެވެ.
"ކުރިން ހުރި ނެދަލެންޑްސްގެ ކޯޗު [މާޓިން ކޫޕްމަން] އަދި އޭގެ ކުރިން ހުރި ކްރޮއޭޝިއާގެ ކޯޗު [ޕީޓާ ސެގަޓް] އަދި 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކޯޗު [އަލީ] ސުޒޭންގެ ކޯޗު ކަމުގެ ދަށުން ކުޅުނު މެޗުތައް އަހަރެން ބެލިން. އެކަމަކު މި މެޗުހާ ދަށް މެޗެއް އަހަރެން ނުދެކެން،" ސިމާއޯ ލިޔެފައި ވެއެވެ.
ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގައި: އެ މެޗުން ރާއްޖެ ދެއްކި ކުޅުމާ މެދު ގިނަ ބަޔަކު ހިތްހަމައެއް ނުޖެހޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ ބޫޓާން މެޗުގައި، ރާއްޖޭގެ ގޭމް ކުޅޭނެ ގޮތުގެ އައިޑިއާއެއް އަދި ޕްލޭނެއް ނެތް ކަމަށެވެ.
"ރާއްޖެ މޮޅުވީ އިންޑަވިޖުއަލް ހުނަރުވެރި ކުޅުންތެރިން އެ ކުޅުންތެރިންގެ އެ ސްކިލްސް ބޭނުން ކޮށްގެން،" ސިމާއޯ ބުންޏެވެ.
"މުޅި މެޗުގައި މެދުނުކެނޑި ފަސް ހަ ޕާސް ވެސް ރާއްޖެ އަށް ކުރެވިފައި ވޭތޯ ބަލާ. ނެތް. އަރިމަތިން ބޯޅަތަކެއް ސަޕްލައިކޮށްގެން ކުޅެވިފައެއް ނެތް."
މިދިޔަ އަހަރު މާޗް މަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އިރު ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ސިމާއޯ ބުނީ އެ މެޗުގައި ރާއްޖޭގެ ވިންގުން ހަމަލާތަކެއް އުފައްދާފައިވާނެ ކަމަށެވެ. އަދި މިޑްފީލްޑާއި އެޓޭކުގައި ގުޅުން ރަނގަޅު ވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ.
އެކަމަކު ބޫޓާން މެޗުގައި އެކަމެއް ނުފެނުނެވެ. ސިމާއޯ ބުނީ ބޫޓާނާ ދެކޮޅަށް ފަސް ޑިފެންޑަރުން ފަހަތުގައި ތިބެގެން މެޗު ކުޅެން ޖެހޭ ސަބަބެއް އޭނާ އަށް ނުވސްނޭ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ: މެޗުން މޮޅުވުމުން އޭނާ ހުރީ އުފަލުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެންމެންގެ ފާޑު ކިޔުންތައް ހުރި ނަމަވެސް ގައުމީ ކޯޗު މޮރިއޭރޯ ހުރީ ހިތްހަމަޖެހިގެންނެވެ.
އެކަމަކު މުބާރާތުގެ ފުރަތަމަ މެޗުގައި 35 މިނެޓް ނުވަނީސް ކުޅުންތެރިންގެ ވަރުބަލިކަން ފެނުނެވެ. ޔެސް ޓީވީން ގެނެސްދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ކިތަންމެ ވަރަކަށް ޓްރޭން ކުރިޔަސް މެޗުތަކެއް ނުކުލޭހާ ހިނދަކު ޓީމުގެ ފެންވަރެއް ނޭނގޭނެ ކަމަށެވެ.
"އެހެންވެ މުބާރާތަށް ތައްޔާރުވާ އިރު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޖެހޭނީ. އެ މެޗތަކުން އެނގޭނީ ޓީމުން ރަނގަޅު ކުރަން ޖެހޭ ކަންކަން،" 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ދިޔަ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް މެޗެއް ވެސް ނުކުޅެ މުބާރާތަށް ދިޔަ ހަމައެަކނި ޓީމަކީ ރާއްޖެ އެވެ. ސިމާއޯ ވެސް ބުނީ ރާއްޖޭގެ ތައްޔާރީތަކުގައި މައްސަލަ ހުރިކަން މެޗުން އެނގޭ ކަމަށެވެ.
"ކޯޗަކަށް އަންޑަސްޓޭންޑެއް ނުވޭތަ ޓީމު ފަހަތަށް ފައިބައިގެން ތިބްޖެހުނު ސަބަބެއް؟ ގޭމްގައި އިންޓެންސިޓީއެއް ނެތީ ކީއްވެ؟ ރަނގަޅު ފުޓްބޯޅައެއް ނުކުޅެވުނީ ކީއްވެ؟ ކީއްވެ ރަނގަޅު އޮގަނައިޒް ގޭމް ޕޭލޭނެއް ނެތީ؟ ޓީމު ތިބީ ވަރުބަލިވެފަ. ކީއްވެ އެހެންވާން ޖެހެނީ؟ އެއީ ތައްޔާރުވުމުގައި މައްސަލަ އުޅޭތީ." ސުވާލު އުފައްދައި އޭނާ ލިޔުނެވެ.
"ކުޅުންތެރިން މުބާރާތަށް އަންނަ އިރު ދަމަހައްޓަން ޖެހޭ ފިޒިކަލް ކޮންޑިޝަން ކޯޗަށް ދެމެހެއްޓިފައެއް ނެތް."
މާދަމާ ރާއްޖެއިން ނުކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ރާއްޖެއިން ބޫޓާން މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ބަންގްލަދޭޝް މެޗަށް ނުކުންނާނީ އެއްވަރުކޮށްލައިގެން ފުއްދާލަން ކަމަށް ސިމާއޯ ލަފާ ކުރެ އެވެ. އެކަމަކު ސާފް ޗެމްޕއިންޝިޕްގައި މިދިޔަ 20 އަހަރު ތެރޭ ރާއްޖެއިން އަބަދު ވެސް ބަންގްލަދޭޝް ބަލިކޮށްފައި ވެއެވެ.
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ
ސާފަށް ދެކޯޗެއްގެ ތައްޔާރުވުން؛ މޮރިއޭރޯ އާއި އުރްބާނީ
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގައި ތަރުޖަމާނަކު ނެތް
މާޒިޔާއިން ކޯޗުގެ ކޮންޓްރެކްޓް އުވާލައިފި
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!