އިސްލާމް ދީނާ ޚިލާފު ނުވާ ގޮތަކަށް ހެދުން އަޅާ ނަމަ ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގައި އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެ ކަމަށާއި އެ ތަފާތުކުރުން ގެންގުޅެވޭ ގޮތަށް އެއްވެސް ގަވައިދަކާއި އުސޫލަކަށް އަމަލުކުރާ ނަމަ ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.
22 އޯގަސްޓް 2024
އިސްލާމް ދީނާ ޚިލާފު ނުވާ ގޮތަކަށް ހެދުން އަޅާ ނަމަ ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގައި އެއްވެސް މީހަކާ މެދު ތަފާތުކޮށްގެން ނުވާނެ ކަމަށާއި އެ ތަފާތުކުރުން ގެންގުޅެވޭ ގޮތަށް އެއްވެސް ގަވައިދަކާއި އުސޫލަކަށް އަމަލުކުރާ ނަމަ ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފި އެވެ.
ހެދުން އަޅާ ގޮތަކުން ވަޒީފާގައި މުވައްޒަފުންނާ މެދު ތަފާތު ނުކުރަން ރައީސް އެންގެވީ، ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ނިންމުމަށް އޭނާ ޑިސްކޮލިފައި ކުރުމުންނެވެ.
ޑީޖޭއޭ އިން ނިންމާފައި އޮތީ އޭނާ ވަޒީފާ އަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނާ ޚިލާފުނުވާ ގޮތަށް، އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ތަފާތު ނުކުރެވޭނެ ކަމަށެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
ވަޒީފާގައި ތަފާތު ކުރުން ގެންގުޅެވޭ ގޮތަށް، ކުރިން ގަވާއިދުތަކާއި އުސޫލް އެކުލަވާލާފައި އޮތް ނަމަ ބަދަލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ."
ވަޒީފާއަށް ޝަރުތު ހަމަނުވާ ކަމަށް ނިންމައި، ހުޅުދެލީ ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ، ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ވެސް ނުހިމަނަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން، ވެސް ވަޒީފާ ދިނުމުގައި، މޫނު ބުރުގާ އެޅި މީހުންނަށް ތަފާތުކުރުން ގެންގުޅެފައިވެ އެވެ. ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވެ އެވެ.
މި މައްސަލަތަކުގައި ކަންބޮޑުވުންފާޅުކުރައްވައި، ރައީސް މުއިއްޒު ކުރިން ވެސް ވިދާޅުވެފައި ވަނީ، ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވެފައި، އިސްލާމީ ޝަރީއަތާ އެއްގޮތަށް ހެދުން އަޅާ މީހުންނާ މެދު ތަފާތު ކުރާ ނަމަ، އެއީ ގާނޫނެެއްގައި ބަޔާން ކުރެވިގެން ވިޔަސް ހައްގުގެ ކަށަވަރުކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.
ސެޕްޓެމްބަރުގެ ނިޔަލަށް ސްކޫލްތައް އޭސީކޮށް ނިންމަނީ
މަސައްކަތްކުރަނީ އުއްމީދުތައް ހާސިލްކޮށްދޭން: ރައީސް
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭ ގޮތް ހަދަނީ
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
އަންގާރައިން ފެށިގެން މަސްކޭސް ދޭނީ މިފްކޯ ފިހާރަތަކުން
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ މަނާ ކަމެއްތަ؟
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް