މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން 50،000 ރުފިޔާގެ އަގު ހުރި ރިހާކުރު ޓައްޕުތައް ވަގަށް ނަގައި ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓަކުން 50،000 ރުފިޔާގެ އަގު ހުރި ރިހާކުރު ޓައްޕުތައް ވަގަށް ނަގައި ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ރިހާކުރު ޓައްޕުތައް ވަގަށް ނެގި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ރިޕޯޓް ކުރުމާ އެކު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވަގަށް ނެގި ތަކެތި ހޯދަން ސީސީޓީވީ ފުޓޭޖް ބަލައި ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް މިހާރު ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޓައްޕުތައް ފެނުނީ މީހަކަށް ވިއްކާލުމުން، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ. އެ ޓައްޕުތަކުގައި ހުރި ރިހާކުރުގެ އަގު ބައިލައްކަ ރުފިޔާއަށް އަރާނެ ކަމަށް އޭގެ ވެރިފަރާތުން ބުނާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ގޭސް ފުޅި ގޮވި ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި
ގެއްލުނު ސައިކަލު ފެނުނީ މޫދު އަޑިން
ރޯދަ މަހު ބާޒާރުމަތި ބެލެހެއްޓުން ވަރުގަދަ ކުރަނީ
މަރުވެފައި އޮތް މީހާގެ ބަނޑުން 78 ބުލެޓްގެ ޑްރަގް
ޔާމީން މަސައްކަތްކުރި ނަމަ ފުލުހުން ރަނގަޅު ކުރެވޭނެ
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
ޓޯކުރަން ހާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ނަގަން ފަށައިފި
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި