ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް މާލޭގެ ނޯތު ހާބާގެ މޫދު އަޑިން ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
14 ޖުލައި 2019
ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް މާލޭގެ ނޯތު ހާބާގެ މޫދު އަޑިން ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ސައިކަލު ފެނުނީ އެ ހާބަރުގައި އޮތް ބޯޓަކުން ވެއްޓުނު އެއްޗެއް ހޯދަން ރޭގެ ވަގުތެއްގައި މޫދަށް ފުންމާލި މީހަކަށެވެ.
މޫދު އަޑިން ފެނުނު އެ ސައިކަލަކީ މިދިޔަ އޭޕްރިލް މަހުގެ 16 ގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އަންނަނީ އެކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ބަލަމުން ކަމަށް ވެސް ބުންޏެވެ.
ގެއްލިގެން ރިޕޯޓުކޮށްފައިވާ ސައިކަލެއް ވިއްކާލަން ފޭސްބުކްގައި ޖަހާފައި ވަނިކޮށް މިދިޔަ މަހު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ސައިކަލު ފެނުނީ 15،000ރ. އަށް ވިއްކާލަން ވެގެން އިއުލާނުކުރުމުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
ޓޯކުރި ސައިކަލެއް ނައްތާލުމުން ބަދަލަށް 82،000ރ.
މާލޭގައި ބަރިބަރި އަށް ސްޓިކާ ޖަހައިފި!
ގެއްލުނު ސައިކަލު ފެނުނުކަން ނޭންގުމުން ބަދަލު ދެނީ
ފުރަތަމަ ހަ މަހު 401 ސައިކަލު ވަގަށް ނެގި
ސައިކަލް މަޑި ދަށުން ވައްކަންކުރުން އާންމު، ސަމާލުވޭ!
ވަގަށް ނަގާފައިވާ ސައިކަލަކާ އެކު މީހަކު ހައްޔަރުކޮށްފި
ދަބަސް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ގަހެއް ވެއްޓި ސައިކަލުތަކެއް ހަލާކުވެއްޖެ
ދެ ފިރިހެނުން ވައްކަންކުރަން އަންހެން ހެދުމުގައި!
ގިނަ ދުވަސްވަންދެން ހުރި 200އެއްހާ ވެހިކަލް ޓޯކޮށްފި