Roadha Mihaaru
"ބަޣާވާތެކޭ ކިޔައިގެން ހައްޔަރުރިޔަސް ފަހަތަށް ނުޖެހޭނަން"

ބަޣާވާތެކޭ ކިޔައިގެން ހައްޔަރުކުރަން އުޅުނަސް ފަހަތަށް ނުޖެހޭނަން: ފައްޔާޒު

27 އޯގަސްޓް 2024

އެމްޑީޕީއަކީ ބަޣާވާތަކުން ސަރުކާރު ވައްޓާލާނެ ޕާޓީއެއް ނޫން ކަމަށާއި ބަޣާވަތެއްގެ ތުހުމަތު އަޅުވައިގެން ހައްޔަރު ކުރަން އުޅުނަސް އެ ޕާޓީގެ އެއްވެސް ބޭފުޅަކު ފަހަތަށް ނުޖެހި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްޑީޕީއަކީ ބަޣާވާތަކުން ސަރުކާރު ވައްޓާލާނެ ޕާޓީއެއް ނޫން ކަމަށާއި ބަޣާވަތެއްގެ ތުހުމަތު އަޅުވައިގެން ހައްޔަރު ކުރަން އުޅުނަސް އެ ޕާޓީގެ އެއްވެސް ބޭފުޅަކު ފަހަތަށް ނުޖެހި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ބޭންކް ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަމަށް ބުނެ ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވިދާޅުވީ އެއީ ގެންނަން އުޅުނު ސީދާ ބަޣާވާތެއް ކަމަށެވެ.

ސަރުކާރުގެ ބައެއް އިސްވެރިން ތުހުމަތު ކުރައްވާ ގޮތުގައި، ބީއެމްއެލް މެދުވެރިކޮށް އެ ބަޣާވާތް ގެންނަން އަޑީގައި އޮތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އެވެ. ބީއެމްއެލްގެ ނިންމުން އައި ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދިޔުމުން އެކަމާ ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ ބަޣާވާތް ކުރާ ބައެއް ނޫން ކަމަށާއި އެ ޕާޓީން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށެވެ. އެކަން ކުރަނީ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ނާޒުކު ފައްތަރެއްގައި ތިބި މި ދަނޑިވަޅުގައި އަޅުގަނޑުމެން ވެސް މި ބަލަނީ ލިބިފައިވާ ޕްލެޓްފޯމްތައް މެދުވެރިކޮށް ސަރުކާރަށް މެސެޖް ދެވޭތޯ ބަލަން. މެސެޖް މި ދެނީ ގޯހޭ، ގޯހޭ ގޯހޭ. އެކަންކަން ރަނގަޅު ކުރައްވާށޭ އަޅުގަނޑުމެން މި ދަންނަވަނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެޑްމިރަލް އަމީރު [ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު] ޕްރެސް ކޮންފަރެންސެއް ދެއްވާ ކޮންމެ ފަހަރަކު ބަޣާވާތެއް ކުރައްވަނީ ބުނާ ހިސާބަށް ދިޔައީމާ މިއީ ވަރަށް ދެން ރަށު ފެންވަރުގެ ކަމެއް."

އަޅުގަނޑުމެންނަށް މި ފެންނަނީ ދެފައި ގޮށްޖެހިގެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ރައީސް މުއިއްޒު ވެރިކަން ދޫކޮށްލާވާ ތަން. އަޅުގަނޑުމެންނަށް ފެންނަނީ އެ ބޭފުޅުންގެ އެތެރޭގެ ބަޣާވާތެއް އައިސްދާނެ ކަމުގެ ކަންތައް.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން އަޑުއުފުލަން މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށާއި އެއީ ލިބޭ ހައްގެއް ކަމަށެވެ.

ފައްޔާޒު އިސްމާއިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ބަޣާވާތެކޭ ކިޔައިގެން ހައްޔަރުކުރަން އުޅުނަސް ފަހަތަށް ނުޖެހޭނަން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފައްޔާޒު އިސްމާއިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ބަޣާވާތެކޭ ކިޔައިގެން ހައްޔަރުކުރަން އުޅުނަސް ފަހަތަށް ނުޖެހޭނަން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"ރައްޔިތުން ބަނޑުހައިހޫނުކަމާ ހިސާބަށް ދާ ތަން އަޅުގަނޑުމެންނަށް އެ އިހުސާސް އެބަ ކުރެވޭ. ސަރުކާރަށް އަދިވެސް އެބަ އޮތް ގޯސްތައް ރަނގަޅުކޮށް އެ ހާލަތަށް ދިޔަ ނުދީ ހިފެހެއްޓެން. އެކަމަކު އަޅުގަނޑުމެންނަށް ފެންނަނީ ވިސްނުންތެރިކަމެއް ނެތި ބޯހަރު އަދި ހުދުމުހުތާރު ގޮތެއްގައި ކަންކަން ކުރައްވަން ރައީސް މުއިއްޒު އުޅުއްވާ ތަން،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ދެފައި ގޮށްޖެހިގެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ރައީސް މުއިއްޒު ވެރިކަން ދޫކޮށްލާވާ ތަން. އަޅުގަނޑުމެންނަށް ފެންނަނީ އެ ބޭފުޅުންގެ އެތެރޭގެ ބަޣާވާތެއް އައިސްދާނެ ކަމުގެ ކަންތައް. އަދި މަޖިލިސް ތެރެއިން ވެސް ފެނޭ ޓްވީޓްތަކުން ވެސް އެހެން ގޮތްގޮތުން ވެސް ފެނޭ. އެކަހަލަ އިހުސާސްތައް ކުރެވޭ."

ފައްޔާޒު ވިދާޅުވީ މާލީ ބަޣާވާތެއް ކަމަށް ބުނެ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ހައްޔަރު ކުރަން އުޅުނަސް އެކަމާ ޖެހިލުން ނުވާ ކަމަށެވެ. ޖަލަށްލާނެ ކަމުގެ ބިރަށް އެމްޑީޕީ ވެސް ދިވެހި ރައްޔިތުން ވެސް ފަހަތަށް ނުޖެއްސޭނެ ކަމަށާއި އެގޮތަށް ސަރުކާރުން ކަންކަން ކުރާ ނަމަ، ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"ޕޮލިސް ސާވިސްގެ ހުރުމަތަށްޓަކައި [ސީޕީ ޝުޖާއު] އެ ބޭފުޅާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އަޅުގަނޑުމެން ފަހަތަށް ޖެހޭނެ ކަމަށް ޕީއެންސީއަށް ހީފުޅު ކުރެވެންޏާ އެއީ ވަރަށް ބޮޑު ކުށްހީއެއް. މާލީ ބަޣާވާތެކޭ ކިޔަސް، މެންޓަލް ބަޣާވާތަކޭ ކިޔަސް އަޅުގަނޑުމެން އަދި އެހެން ފަހަތަކަށް ޖައްސާލައެއް ނުލެވޭނެ، މި ސަރުކާރުގެ އޮޅުވާލުންތަކާއި ދޮގުތަކުގެ ވާހަކަ ތާއަބަދަށް ދައްކާނަން،" ފައްޔާޒު ވިދާޅުވި އެވެ.