Roadha Mihaaru
ސްކޭމް ހިންގައިގެން ވިޔަފާރިކުރާ ދެ މީހަކު ހައްޔަރު

ސްކޭމް ހިންގައިގެން ދެ ލައްކަ ރުފިޔާގެ މުދާ ގަތް ދެ މީހަކު ހައްޔަރުކޮށްފި

21 ފެބުރުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އަށް ވަންނަން ބޭނުންކުރާ މައުލޫމާތު ވަގަށް ނަގައިގެން، ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އަށް ވަންނަން ބޭނުންކުރާ މައުލޫމާތު ވަގަށް ނަގައިގެން، ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތް މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި ދިވެހި އެ ދެ ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

އޮޅުވާލައިގެން ކިއުއާރު ކޯޑް މެދުވެރިކޮށް ވިޔަފާރިިކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް، ބީއެމްއެލް އިން ވަނީ ކިއުއާރު ކޯޑް ސްކޭންކޮށްގެން ހިންގާ މުއާމަލާތްތައް މިއަދުން ފެށިގެން 750ރ. އަށް ލިމިޓްކޮށްފަ އެވެ. ފައިސާގެ ލިމިޓުގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ވެސް ވަނީ މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލްގެ ކިއުއާރު ކޯޑް ސްކެން ކޮށްގެން ކުރާ ފައިސާގެ މުއާމަލާތުތަކަށް ކުރިން އެއްވެސް ލިމިޓެއް ނެތަސް 750ރ. ގެ ލިމިޓެއް ކަނޑައެޅީ އެ ބޭންކުން ބުނިގޮތުގައި، އޮޅުވާލައިގެން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.

އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫޒަނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަނެޓް ބޭންކިން އަށް ވަދެގެން، އެޕް މެދުވެރިކޮށް ފިހާރަތަކުން ކިއުއާރު ޕޭމަންޓްތައް ހެދުން އިތުރު ވަމުން ދާތީ އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

އެފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅަކީ ބީއެމްއެލުން ބުނާގޮތުގައި، އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ ލިންކުތައް ނުހުޅުވުމެވެ. އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން ނޮޓިފިކޭޝަން ވެސް ފޮނުވަމުން އަންނަ ކަމަށާއި ކަސްޓަމަރަށް ނޭނގި ލޮގިން ކޮށްފި ނަމަ ވަގުތުން އިންޓަނެޓް ބޭންކިން ޕާސްވޯޑް ރިސެޓް ކުރުމަށް ވެސް ބީއެމްއެލުން އެދެ އެވެ.