28 އޯގަސްޓް 2024
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ނަގާ ގޮތަށް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހަށް މަޓާޓޯއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ނަގާ ގޮތަށް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހަށް މަޓާޓޯއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
މަޓާޓޯއިން ބުނީ، ސަރުކާރުން މުދަލާއި ހިދުމަތުގެ އަގަށް ގެންނަން އުޅޭ ބަދަލަކީ އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށެވެ. ޑޮލަރުން ޓެކްސް ނަގަން ނިންމުމަކީ، ރާއްޖޭގައި ޑޮލަރު ހިފަހައްޓަން ހިތްވަރު ލިބޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މަޓާޓޯ އިން ބުނި ގޮތުގައި މާލީ ސިޔާސަތުތަކަށް އިސްލާހު ގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިސްލާހީ ފިޔަވަޅުތައް އެޅުމުގައި އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯއިން ބުނީ، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.
ސަރުކާރުން ވަނީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް، ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގަން ނިންމައިފަ އެވެ. އަދި ޖީއެސްޓީ ނަގާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލު ކުރަން ވެސް ނިންމައިފަ އެވެ. އޭގެ އިތުރުން ގްރީން ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ޗާޖު ވެސް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.
ވިޔަފާރިތަކަށް ޑޮލަރު ހޯދަން ވަރަށް ދަތި:މަޓާޓޯ
މާލީބަޣާވަތުގެ ތުހުމަތަށް މީހަކާ ސުވާލެއް ނުކުރޭ:ޕޮލިސް
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ
ލައިސަންސް އޮތަސް، ހިންގަނީ ކަޅު ބާޒާރު!
ރުފިޔާއިން ފައިސާ ދައްކަން ޗައިނާއާއެކު އެއްބަސްވުމެއް
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި މީހަކު ހައްޔަރު
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި
ހުއްދަ ނެތި ޑޮލަރު މާރުކުރާ ދެ ތަނެއް ބަންދުކޮށްފި
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
ޑޮލަރު ވިއްކާ ބިދޭސީންތަކެއް، ފައިސާ ލައްކައިން ހުރި