Roadha Mihaaru

ބީއެމްއެލް އިން އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި، އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިރޭ ތައާރަފުކޮށްފި އެވެ.

ބީއެމްއެލުން އައްޑޫގައި ޑޮލަރު އޭޓީއެމް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި، އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިރޭ ތައާރަފުކޮށްފި އެވެ.

އެ ބޭންކުން ބުނީ، އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރު ވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމެއް ބީއެމްއެލް އިން ވަނީ ބަހައްޓައިފަ އެވެ، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަކޮށްފައި ވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތަށެވެ. ދެ ވަނަ އޭޓީއެމް ހާއްސަކޮށްފައި ވަނީ ފައިސާ ނެގުމަށެވެ.

ޑޮލަރު އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އެއީ އައްޑޫގައި ޑޮލަރު މުއާމަލާތްތަކަށް އިތުރު ވަމުން އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިރޭ ބޭއްވި ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް

އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް މިރޭ ބޭއްވި ހިތަދޫ ބްރާންޗުގައި ބޭއްވި ހަފުލާގައި އެ ބޭންކުގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް

"އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާ އެކު، ބޭންކުން މިދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ، އައްޑު އަށް ޑޮލަރު ހިދުމަތް ތައާރަފްކުރުމާ އެކު، ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި އެ ބޭންކުން ދެމުން އަންނަ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމަށެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިން ސެންޓަރު، 151 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ" ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެ އެވެ.