Roadha Mihaaru

ރޯދަ އުމްރާއަށް ދާ މީހުންގެ ކާޑަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ރައީސް އެދިވަޑައިގެންފި

ކުރިއަށް އޮތް ރޯދަމަހު އުމްރާ އަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އުމްރާއަށްދާ މީހުންގެ ޑޮލަރު ލިމިޓް އިތުރު ކޮށްދެނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

10 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހު އުމްރާ އަށް ދާ މީހުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބުން ލުއި ފަސޭހަ ކޮށްދިނުމަށް، އެ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު ބޮޑުކޮށް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު "އެކްސް" ގައި ވިދާޅުވީ ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލްގެ ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރު ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެ ބޭންކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުތަކަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓަކީ 250 ޑޮލަރެވެ. އެކަމަކު، ރައީސްގެ އެދިވަޑައިގަތުމަށް ބީއެމްއެލް އިން އެ ބަދަލު ގެނައުމުން ކޮންމެ އުމްރާވެރިއަކަށް 1،750 ޑޮލަރު ކާޑު ލިމިޓަށް ލިބޭނެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ދެ އެވެ. އޭގެ ތެރޭގައި މުޅި ރޯދަމަހާއި ހަ ރޯދަ ހިމެނޭހެން އުމްރާގެ އަޅުކަމަށް ދާ ދިވެހިން ވެސް އަންނަނީ އިތުރުވަމުންނެވެ.

ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.